މޫނު ބުރުގާ އަޅާތީ ނުހައްގުން ވަޒީފާއިން ކަނޑާލި މީހުންނަން އަލުން ވަޒީފާ ދިނުމަށް ޝައިޙް އަލީ ޒައިދު ގޮވާލާފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓަރސް ލިސްޓުގައި ފޮޓޯ ނުޖަހަން ނިންމުމާއި ގުޅިގެން ޝައިހް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓަރސް ލިސްޓުގައި ފޮޓޯ ނުޖަހަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. މޫނު ބުރުގާ އަޅާ މީހުންނަން އިޙްތިރާމް ކުރަން ޖެހޭކަން ފާހަގަކުރައްވަމުން ޝައިހް އަލީ ޒައިދު ވިދާޅުވީ މޫނު ބުރުގާ އަޅާތީ ނުހައްގުން ވަޒީފާއިން ކަނޑާލި މުވައްޒިފުންނަށް އަލުން ވާޒިފާ ދިނުމަށް ރައީސް ޔާމީންގެ ސަރުކާރަށް ގޮވާލާކަމަށެވެ.
EC in voters list ga photo nujahan nimmi nimmumaky rangalhu nimmumeh kamugai dheken. Moonu burugaa alhaa meehunnah ihthiraam kuran jehey. ID card in verify kureveyne. Adhi mifurusathugai moon buruga alhaathee nuhaggun kandaali muvahzafunnah alun vazeefaa dhinumah ves govaalan.
— Ali Zaid (@alizaid1000) July 4, 2018
މީގެ އިތުރުން ޝެއިހް އަލީ ޒައިދު ވިދާޅުވީ އިސްލާމީ ގައުމެއްގައި ނިވާކަން ކުޑަ ހެދުން ލައިގެން އަންހެނުން ސަރުކާރުގެ ވަޒީފާ އަދާކުރަމުންދާއިރު، މޫނު ބުރުގާ އަޅާ މީހުން ނުހައްގުން ވަޒީފާއިން ކަނޑާލާއި ގެއަށް ފޮނުވާލަމުން އަންނަ މައްސަލައަށް ހައްލެއް ލިބެންޖެހޭ ކަމަށް އެނާ ދެކިލައްވާ ކަމަށެވެ.
Mi Islamy Qaumugai, undergarments fenna varuge thuni hedhun laa meehunnashaa, burugaa naalhaa, karu bodu hedhun laigen vazeefaa adhaakuraa meehunnah furusath oi iru, moonu burugaa alhaameehun nuhaggun kandaa fonuvaali fonuvaalumah halleh liben jeheyne kamugai dheken.
— Ali Zaid (@alizaid1000) July 5, 2018
"މި އިސްލާމީ ގައުމުގައި، އަންޑަރގާމެންޓްސް ފެންނަ ވަރުގެ ތުނި ހެދުން ލާ މީހުންނަށާ، ބުރުގާ ނާޅާ މީހުންނަށާ، ކަރު ބޮޑު ހެދުން ލައިގެން ވަޒީފާ އަދާކުރާ މީހުންނަން ފުރުސަތު އޮތް އިރު، މޫނު ބުރުގާ އަޅާމީހުން ނުހައްގުން ކަނޑާ ފޮނުވާލާއި ފޮނުވާލުމަށް ހައްލެއް ލިބެންޖެހޭ ކަމަށް ދެކެން" ޝެއިހް އަލީ ޒައިދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގައި ބޭނުންކުރަން ހަމަޖެހިފައިވާ ވޯޓަރސް ލިސްޓަކީ ފޮޓޯ ނުޖަހާ ވޯޓަރސް ލިސްޓެކެވެ. އެކޮމިޝަނުން މިގޮތަށް ނިންމީ ވޯޓަރސް ލިސްޓުގައި ހިމެނޭ މީހުންގެ ފޮޓޯ ނުޖަހަން އެދި އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކާއި ގުޅިގެންނެވެ.
ވޯޓަރސް ލިސްޓުގައި ހިމެނޭ މީހުންގެ ފޮޓޯ ނުޖަހަން އިލެކްޝަން ކޮންމިޝަނުން ނިންމާފައިވާއިރު، ފާހަގަކޮށްލަންޖެހެނީ ސެޕްޓެމްބަރ 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ސުޕްރީމް ކޯޓުން ހަދާފައިވާ ގައިޑްލައިން ބުނާ ގޮތުން ވޯޓަރސް ލިސްޓްގައި، ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހާގެ އައިޑީކާޑު ނަމްބަރާއި އެއީ ކާކުކަން ވަކިކޮށް ދެނެގަނެވޭނެ ވަސީލަތެއް ކަނޑައަޅަންޖެހޭ ކަމަށެވެ.