އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބުރާސްފަތި ދުވަހު ވެސް އެ ޕާޓީގެ ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވައިފިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ "ޖަޒީރާ ރާއްޖެ" ކެމްޕެއިން ކުރިޔަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާ ކުރެއްވުމަށް އިބޫ ވަނީ ކުރީ ދުވަސްތަކެކޭ އެއްފަދައިން މުޅި ދުވަހު އެކި ކެމްޕެއިން ޓީމްތަކާ ބައްދަލުކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނު ދުވަސް ފައްޓަވާފައި ވަނީ ކެމްޕެއިންގެ ކޯޑިނަރުންނާ އެކު ބޭއްވެވި ބައްދަލުވުމަކުންނެވެ. އޭގެ ފަހުން އިބޫ ވަނީ އެމްޑީޕީގެ އައްޑޫ ސިޓީގެ މަންދޫބުންނާ ބައްދަލުކުރައްވައި ކެމްޕެއިން ކުރިޔަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާ ކުރައްވާފައެވެ.
Riyaasee Candidate Hon.@ibusolih, #JazeeraRaajje Campaign Addu City ge team aai bahdhalu kuravvanee pic.twitter.com/smUMfppwM9
— MDP Secretariat (@MDPSecretariat) July 5, 2018
މީގެ އިތުރުން އެމަނިކުފާނު ވަނީ ކެޔޮދޫ ދާއިރާގެ ޓީމުގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވައި އެފަރާތްތަކުގެ ހިޔާލު ވެސް ހޯއްދަވާފައެވެ.
Riyaasee Candidate Hon.@ibusolih, #JazeeraRaajje Campaign Keyodhoo Dhaairaage team aai bahdhalu kuravvanee pic.twitter.com/3HNmV3YizJ
— MDP Secretariat (@MDPSecretariat) July 5, 2018
އެއާ އެކު އިބޫ ވަނީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ޓީމާ ބައްދަލުކުރައްވައި، އެ ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގެ މައުލޫމާތު ފުރިހަމަކޮށް ފޯރުކޮށްދޭނެ ގޮތުގެ ޚިޔާލު ހޯއްދަވާފައެވެ.
Riyaasee Candidate Hon.@ibusolih, #JazeeraRaajje Campaign Social Media team aai bahdhalu kuravvanee pic.twitter.com/c9nrJ6yV3y
— MDP Secretariat (@MDPSecretariat) July 5, 2018
ށ. ކަނޑިތީމު ދާއިރާގެ ޓީމާ އެކު ވެސް އިބޫ ވަނީ ކެމްޕެއިން ކުރިއަށް ދާނެ ގޮތުގެ ތާވަލަ ބެހޭ ގޮތުން ހިޔާލު ހޯއްދަވައި، ކުރެވޭނެ ކަންތައްތަކަކާ މެދު މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި އިބޫއާ އެކު އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ. ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ ހަމަޖެއްސެވި ފަހުން ކޮންމެ ދުވަހަކު ވެސް ގިނަ ފަރާތްތަކަކާ އިބޫ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.
Riyaasee Candidate Hon.@ibusolih, #JazeeraRaajje Campaign Kanditheem Dhaairaage team aai bahdhalu kuravvanee pic.twitter.com/z8nCZw1dtb
— MDP Secretariat (@MDPSecretariat) July 5, 2018
ކެމްޕެއިން ހަރަކާތްތައް ރަސްމީ ގޮތެއްގައި ނުފެށި މަޑުޖެހިފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި އެއްބަސްވެފައިވާ ގޮތަށް ޖުމްހޫރީ ޕާޓީން ރަނިން މޭޓަކު ކަނޑަނާޅާތީއެވެ. ރަނިންމޭޓަކަށް ނުކުންނާނެ ބޭފުޅެއް ޖޭޕީން ކަނޑައެޅުމާ އެކު، ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފަށާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓިންތަކުން ވަނީ ބުނެފައެވެ. ޖޭޕީގެ ރަނިން މޭޓް އިއުލާން ކުރާނީ ޖުލައި މަހު 10 ވަނަ ދުވަހު ކަމަށް އެ ޕާޓީން ބުނެއެވެ.