އއ. މަތިވެރީގެ ނަރުދަމާ ނިޒާމާއި ފ. ނިލަންދޫގެ ފެނުގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ލަންކާގެ ކުންފުންޏެއް ކަމަށްވާ އެޑްވާޑް އެންޑް ކްރިސްޓީއާ ހަވާލުކޮށް މިކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
މިއެއްބަސްވުމުގައި އެންވަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. އަދި އެޑްވާޑް އެންޑް ކްރިސްޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަރަވަލޭޖް ޑޮން ރާޖް ކްރިސްޓީ ލިއޮނާޑެވެ.
މި ދެމަސައްކަތް ވެސް ސޮއިކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
އެންވަރަމެންޓް މިނިސްޓްރީން ބުނީ މިމަޝްރޫއުގެ ސަބަބުން މިދެރަށުގެ ރައްޔިތުންގެ އުންމީދުތައް އާލާ ވެގެންދާނެ ކަމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އއ. މަތިވެރީގެ ނަރުދަމާ މަޝްރޫއަކީ 13.6 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ. އަދި ފ. ނިލަންދޫގެ ފެނުގެ މަޝްރޫއަށް 16.7 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.