ކ. މާލެ
|
5 ޖުލައި 2018 | ބުރާސްފަތި 22:29
އީރާނުގެ ރައީސް ރޫހާނީ
އީރާނުގެ ރައީސް ރޫހާނީ
ރޮއިޓަރސް
އީރާން-އެމެރިކާ
އެމެރިކާ އިން ދައްކާ ބިރަކަށް އީރާނުން ބިރެއް ނުގަންނާނެ: ރައީސް ރޫހާނީ
އެމެރިކާ އިން ވަނީ އީރާނުގެ ތެޔޮ ގައުމުތަކަށް އެތެރެކުރުން ހުއްޓާލުމަށް ގޮވާލާފައި

އީރާނުގެ ތެޔޮ ޝިޕްމަންޓުތައް ހުއްޓުވާނެ ކަމަށް ބުނެ އެމެރިކާ އިން ދައްކާ ބިރަށް ޖެހިލުމެއް ނެތި އިރާނުން އޮންނާނީ ސާބިތުކަމާ އެކު ކަމަށް އިރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ. 

އެމެރިކާގެ އަމަލުތަކުގެ ސަބަބުން ނަތީޖާ ހިތިވާނެ ކަމަށް އިންޒާރު ދެއްވަމުން ރޫހާނީ ވިދާޅުވީ "އިރާނުން ތެޔޮ ބޭނުންކުރާ މިންވަރު ސުމަކަށް ހަދަން އެެމެރިކާ އިން ބުނާ" ކަަމަށާއި، މިހެން އެމެރިކާ އިން ބުނަމުން ގެންދަނީ ނިކުންނާނެ ނަތީޖާ އަށް ނުބަލާ ކަމަށެވެ. ރޫހާނީ މިހެން ވިދާޅުވީ އީރާނުގެ ރަސްމީ ނޫސް އެޖެންސީ އައިއާރްއެންއޭ މެދުވެރިކޮށެވެ. 

ރޫހާނީ މިހެން ވިދާޅުވުމުގެ ގަނޑިއިރުތަކެއް ކުރިން އެމެރިކާގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވަނީ ގަލްފު ސަރަހައްދުގެ ވޯޓާރވޭސް، ތެޔޮ ޓޭންކަރުތަަކަށް ހުޅުވާލާނެ ކަަމަށް ވައުދުވެވަޑައިގެންފައެވެ. 

އެމެރިކާ ހިމެނޭ ގޮތުން ދުނިޔޭގެ ބައެއް ބާރުގަދަ ގައުމާތަކާ އެކީ 2015 ވަނަ އަހަރު އީރާނުން ވަނީ ނިއުކްލިއާ ޑީލެއްގައި ސޮއެ ކޮށްފައެވެ. މިދިޔަ މެއި މަހު އެމެރިކާ އިން މި އެއްބަސްވުމުން ވަކިވެފައެވެ. 2015 ވަނަ އަހަރުގެ ނިއުކްލިއާ ޑީލުގައި އީރާނުން އެއްބަސްވީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް އަށް ލިމިޓޭޝަންތަކެއް ގެނައުމަށް ކަމަށްވާއިރު، އޭގެ ބަދަލުގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދޭން އެއްބަސްވެފައިވެއެވެ. 

އީރާނުގެ ނިއުކްލިއާ ޑީލުން އެމެރިކާ ވަކިވެ، އެމެރިކާ އިން ވަނީ އީރާނުގެ ތެޔޮ ގައުމުތަކަށް އެތެރެކުރުން ހުއްޓާލުމަށް ގޮވާލާފައެވެ. ނޮވެމްބަރު 4 އިން މި ގޮތަށް އަމަލު ކުރުމަށް ގައުމުތަކަށް އެމެރިކާ އިން ގޮވާލާފައިވާއިރު، މިކަން ނުކުރާ ގައުމުތަކަށް އެެމެރިކާ އިން މާލީ ފިޔަވަޅުތަކެއް އަޅާނެ ކަަމަށް ބުނެފައިވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް