ކ. މާލެ
|
4 ޖުލައި 2018 | ބުދަ 14:39
އީރާގުގެ ރައްޔިތަކު އަބޫބަކުރު އަލް ބަގްދާދީގެ މައުލޫމާތު ދައްކާލަނީ
އީރާގުގެ ރައްޔިތަކު އަބޫބަކުރު އަލް ބަގްދާދީގެ މައުލޫމާތު ދައްކާލަނީ
އޭއެފްޕީ
އައިސިސްގެ ޖަމާއަތް
އައިސިސްގެ ލީޑަރުގެ ދަރިފުޅު މަރާލައިފި
އައިސިސްގެ ލީޑަރުގެ ދަރިފުޅު މަރާލައިފައި ވަނީ ސީރިއާގައި
މަރާލައިފައި ވަނީ އައިސިސްގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް

އިސްލާމިކް ސްޓޭޓް ނުވަތަ އައިސިސްގެ ލީޑަރު އަބޫ ބަކުރު އަލް ބަގްދާދީގެ ފިރިހެން ދަރިފުޅެއް ސީރިއާގައި މަރާލައިފިއެވެ.

އައިސިސްގެ ނޫސް ޗެނަލަކުން ބުނީ ޚަލީފާގެ ދަރި، ހުދޭފާ އަލް ބަދްރީ މަރާލައިފައި ވަނީ އެ ޖަމާއަތުގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރި ވަނިކޮށް ކަމަށެވެ. އެ އޮޕްރޭޝަން ހިންގާފައި ވަނީ ސީރިއާގެ ޝިއައިންނާއި ރަޝިއާގެ ފައުޖުތަކާ ދެކޮޅަށް ކަމަށާއި ހުދޭފާ މަރުވެފައި ވަނީ ހޯމްސްގައި ހުންނަ އިންޖީނުގެއެއްގެ ކައިރީގައި ކަމަށެވެ.

ހުދައިފާ މަރުވި ޚަބަރު ގެނައިރު، ބަޑިއެއް ހިފައިގެން ހުރި ކުއްޖެއްގެ ފޮޓޯއެއް ވަނީ ސްކްރީނަށް އަރުވާފައެވެ. އެހެން ނަމަވެސް އެ ފޮޓޯ އާއި ހުދައިފާއާ އޮތް ގުޅުމެއް ބުނެފައެއް ނުވެއެވެ. 

ފިލައިގެން އުޅޭ އައިސިސްގެ ލީޑަރު، ބަގްދާދީ ދިރިހުރި ކަމާ މެދު އާންމުންގެ މެދުގައި ޚިޔާލް ތަފާތުވުން ހުރިއިރު، އެކި ހާދިސާތަކާ ގުޅުވައިގެން ބަގްދާދީ މަރުވެފައިވާ ކަމަށް އެކި ފަހަރުމަތިން ޚަބަރު ފެތުރައިފައި ވެއެވެ. ނަމަވެސް އޭނާ މަރުވެފައިވާކަން ކަށަވަރުކުރެވިފައެއް ނުވެއެވެ.

ބަގްދާދީގެ ތަގްރީރެއް އެންމެ ފަހުން އަޑު އިވިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެ ފަހަރު ބަގްދާދީ ތަގްރީރު އާންމުންނަށް އިއްވާފައި ވަނީ އަމިއްލަ އަޑު ރިކޯޑްކޮށް ފުރުގާން ނިއުސް އޯގަނައިޒޭޝަން މެދުވެރިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް