ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މައްސަލައިގައި އެ ހުރިހާ މެމްބަރުންގެ ނުވަތަ ބައެއް މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މި ވަގުތު ގޭ ބަންދުގައި ހުންނެވި މެމްބަރު މަހްލޫފު އަންގާރަ ދުވަހުގެ ރޭ 12 މެމްބަރުންގެ މައްސަލަ ނިންމާނެ ގޮތާ ގުޅޭ ގޮތުން ވާހަކަ ދެއްކެވިއިރު އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ވަނީ ތާވަލު ކޮށްފައެވެ. އަދި އެ މައްސަލައިގެ ހުކުމް ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
12 Membarunge massalaiga, SC inn “baeh” noonee hurihaa MPs ge gondi nugehleygothah hukum kuraane. Adhi alhugandah hukum kuran eulhenee idhikolhu membarunge adhadhu madhukuran. MP @qasimibrahim, Faris,Riyaz,Ilham,Sinan adhi alhugandu nethumun 6 MPs JPG ah madhuvaane.
— ????? ??????? (@AhmedMahloof) July 3, 2018
މަހްލޫފުގެ އެ ޓުވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ އޭނާއަށް ހުކުމް ކުރަން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ އަދަދު މަދު ކުރަން ކަމަށެވެ. އަދި ތިން އަހަރު ޖަލު ހުކުމެއް އައިސްފައިވާ ގާސިމް އިބްރާހިމާއި ޓެރަރިޒަމްގެ ދައުވާ ލިބޭ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި މިހާރު ވެސް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަދި އިތުރު ދައުވާތަކެއްގެ ޝަރީއަތް ހިނގާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ޓެރަރިޒަމްގެ ދައުވާ ލިބޭ އިލްހާމް މުހައްމަދާއި ޓެރަރިޒަމްގެ ދައުވާ ލިބޭ މައްޗަށްގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ނެތުމުން ހަ މެމްބަރުން މަދުވާނެ ކަމަށް ވެސް އޭނާ އެ ޓުވީޓްގައި ފާހަގަ ކުރައްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުން ނިންމީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ތިން ފަނޑިޔާރުންގެ ބެންޗުން އެކަން ހުއްޓުވާފައެވެ.