ސުޕްރީމް ކޯޓަށް ހުށައެޅޭ މައްސަލަތަކާއި ގުޅިގެން އެކޯޓުގައި ހިންގޭ ޝަރީއަތްތަކުގެ އިތުރުން ކުރަންޖެހޭ ކަންކަން ކުރުމަށް އެކޯޓުގެ ޗެމްބަރު ފަނޑިޔާރުގެ ގޮތުގައި އެކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ކަނޑައަޅައިފިއެވެ.
ޗެމްބަރުގެ ފަނޑިޔާރު ކަނޑައަޅުއްވާނީ ސްޕްރީމް ކޯޓްގެ ޤަވާއިދު ބުނާގޮތުންނަމަ އުއްތަމަފަނޑިޔާރެވެ. މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސާ މަޤާމެކެވެ.
ޗެމްބަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށައެޅިފައިވާ މައްސަލަތަކުގައި ހިމެނޭ ވަކީލުންނަށް ޗުއްޓީ ދިނުމާއި ކޯޓަށް ހުށަހެޅޭ ކަފާލާތުގެ މައްސަލަތަކުގައި ގޮތެއް ނިންމުމާއި ރަޖިސްޓްރާ ކުރާ ކަމަކާމެދު ނުވަތަ ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހިގެން ކޯޓަށް ހުށައެޅޭ މައްސަލަތައް ބަލައި ގޮތެއްނިންމުން ހިމެނެއެވެ. އަދި ފަނޑިއާރަށް ހުށައެޅޭ މައްސަލަތަކުގައި ގޮތެއް ނިންމުމަށް އުއްތަމަފަނޑިޔާރުގެ ލަފާ ހޯދުމުގެ އިޚްތިޔާރު ސުޕްރީމް ކޯޓުގެ ޤަވައިދުން ޗެމްބަރ ފަނޑިޔާރަށް ލިބިގެން ވެއެވެ.