ޝަރީއަތް ނިމެންދެން ގޭ ބަންދު ކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓަކާ ގުޅިގެން، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ ފަހު އަޑުއެހުމް މާދަމާއަށް ތާވަލު ކޮށްފިއެވެ.
އެ މައްސަލާގައި މަހުލޫފުގެ މައްޗަށް އުފުލާފައި ވަނީ ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާއެވެ. އެ ދައުވާ މަހުލޫފަށް އުފުލާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ސްރީލަންކާގައި ހުންނަވައި މަހުލޫފު ކުރެއްވި ޓުވީޓެއްގައި މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށް ވިދާޅުވެފައި ވާތީއެވެ.
މަހުލޫފު ކުރެއްވި އެ ޓްވީޓުގައި އިތުރަށް ބުނެފައި ވަނީ އެކަށީގެންވާ ފަރުވާ ނުދީ ގައިދީން މަރަނީ ކަމަށާއި އަހަރެއްގެ ތެރޭގައި 10 ގައިދީން މަރުވުމުން އެއީ ސީރިއަސް މައްސަލައެއް ކަމަށެވެ.
މާދަމާ ބާއްވާ އަޑުއެހުމާ ގުޅިގެން މަހުލޫފު އަންގާރަ ދުވަހު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ދޮގު މައުލޫމާތު އޭނާ ދިނީ ކަރެކްޝަންސްއަށް ކަމަށް ދައުލަތުން ބުނާ ކަމަށާއި ނަމަވެސް އެކަހަލަ ޝަކުވާއެއް ނެތް ކަމަށް ކަރެކްޝަނުން ބުނާ ކަމަށެވެ.
Maldives Correctional Service ah dhogu mauloomaathu dhinkamah bune ufulaafaivaa dhauvaage fahu aduehun maadhamaa 11:00 ga CC ga.
— ????? ??????? (@AhmedMahloof) July 3, 2018
• Dhaulathun bunanee dhogu mauloomaathu dhinee Corrections ah kamah.
• Corrections inn bunanee “Mahloof ekahala shakuvaaeh husha’alhaafa neiykamah” pic.twitter.com/vI5LqbdSGH
އެ ދައުވާ ސާބިތުވެއްޖެ ނަމަ މަހްލޫފަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވެސް އެ މައްސަލައިގެ ފަހު އަޑުއެހުން ބާއްވަން ނިންމުމަށް ފަހު ވަނީ ކެންސަލް ކޮށްފައެވެ. ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމާލަން ތާވަލުކޮށްފައިވާއިރު، ހުލާސާ ބަޔާން އިއްވާ ދުވަހު ކްރިމިނަލް ކޯޓުން ބައެއް ދުވަސް ދުވަހު ހުކުމް ކުރެއެވެ.