ކ. މާލެ
|
3 ޖުލައި 2018 | އަންގާރަ 10:48
ފަލަސްތީނުގެ ހަތިޔާރު ނެތް އާންމުން އިސްރާއީލް ސިފައިންގެ ބެލުމުގެ ދަށުގައި
ފަލަސްތީނުގެ ހަތިޔާރު ނެތް އާންމުން އިސްރާއީލް ސިފައިންގެ ބެލުމުގެ ދަށުގައި
އޭޕީ
އިސްރާއީލްގެ ޖަރީމާ
ފަލަސްތީނުގެ ގައިދީންނަށް ދޭންޖެހޭ ފައިސާ އިސްރާއީލުން ހުއްޓުވައިފި
ދޭން ޖެހޭ އެތައް ސަތޭކަ މިލިއަން ޑޮލަރެއް ނުދޭ
އިސްރާއީލަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައި

އިސްރާއީލުން ނުހައްގުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ޚަރަދު ބެލެހެއްޓުމަށް، ފަލަސްތީނުގެ އާންމުންދޭ ފައިސާގެ އެހީ، އެކަމަށް ބޭނުން ނުކުރުމަށް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގަރާރާ ގުޅިގެން އިސްރާއީލުން ވަނީ ފަލަސްތީނުގެ ހައްޔަރީންނަށާއި އެ މީހުންގެ އާއިލާއަށް ދޭން ޖެހޭ އެތައް ސަތޭކަ މިލިއަން ޑޮލަރެއް ނުދީ ހިފަހައްޓާފައެވެ. އެ އާއިލާތަކަށްދޭ ފައިސާގެ އަދަދު އިންތިހާއަށް މަދުކޮށްފައިވާއިރު، އިސްރާއީލުން މަރަމުން ގެންދާ ފަލަސްތީނުގެ ރައްޔިތުންނަށް އެ ބަޖެޓުން ދޭން ކަޑައަޅާފައިވާ ފައިސާގެ އަދަދު ވެސް ވަނީ ވަރަށް ބޮޑުތަނުން ކުޑަކޮށްފައެވެ.

އެކަމާ ގުޅިގެން ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އިސްރާއީލަށް އަމާޒުވެފައިވާއިރު އެކިކަންކޮޅުތަކުގައި ތިބި ގާނޫނީ ވަކީލުން ވެސް ވަނީ އިސްރާއީލްގެ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ. އެ ވަކީލުން ބުނީ ކުރީގެ ގަވާއިދުގައި ވާގޮތުން ވަރަށް ފަސޭހައިން އެ ފައިސާ ފަލަސްތީނުގެ ހައްގުވެރިންނަށް ލިބިގެން ދިޔަ ކަމަށާއި އަލަށް ފާސްކުރި ގަރާރުހަމައެއް ލަމައެއް ނެތް ކަމަށެވެ. އެ ވަކީލުން ބުނީ އިސްރާއީލުން ދަނީ ފާޅުގައި ފަލަސްތީނުން "ވައްކަން" ކުރަމުން ކަމަށެވެ.

އިސްރާއީލުން އެ ގަރާރު ފާސްކޮށްފައިވާއިރު އެމެރިކާ އިން ވެސް ފަލަސްތީނަށްދޭ އެހީގެ ބޮޑު ބައެއް ވަނީ ކަނޑާލާފައެވެ. އެކަމުގެ ސަބަބުން ފަލަސްތީނު ހިންގުމަށް ވަނީ ވަރަށް ބޮޑަށް ނުކުޅެދިފައެވެ. ހަމައެއާ އެކު އިސްރާއީލްގެ އެ ނިންމުން ނިންމި ދުވަހަކީ ފަލަސްތީނަށް ދޭ އެހީ ހުއްޓާލާނެ ކަމަށް އޮސްޓްރޭލިއާ އިން ވެސް އިއުލާންކުރި ދުވަހެވެ.

އިސްރާއީލްގައި ހައްޔަރުކޮށްފައި ތިބޭ ފަލަސްތީނުގެ ރައްޔިތުންންގެ ބޭނުންތައް ފުއްދުމަށް އިސްރާއީލުން ފައިސާ ޚަރަދު ނުކުރުމާ ގުޅިގެން އެ ހުރިހާ ފައިސާއެއް ދެނީ ފަލަސްތީނުގެ އާންމުންނާއި އެ ގައުމުގެ ސަރުކާރުންނެވެ. އެ ފައިސާ އިސްރާއީލުން ނަގަނީ އެއީ ފަލަސްތީނުގެ ރައްޔިތުންގެ އަތުން ނަގާ "ޓެކްސްއެއް" ކަމަށް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް