އަންގާރަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ހަވަނަ ޖަލްސާއަށް ކިތަންމެހާވެސް ދާން ބޭނުންވާ ކަމަށާއި ނަމަވެސް ޖަލްސާގައި ބައިވެރި ވެވޭނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ޖަލްސާގެ ރިޔާސަތުން ފައިބާވަޑައިގެންނެވުމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތުމަށް ދައުވަތު ދެއްވާ މަޖިލީހުގެ އިދާރާއިން ހޯމަ ދުވަހުގެ ރޭ ރޮޒައިނާއަށް ފޮނުވާފައިވާ މެސެޖަށް ރައްދު ދެއްވާ ރޮޒައިނާ ކުރެއްވި ޓްވީޓްގައި ވަނީ މަސީހު ޖަލްސާގެ ރިޔާސަތުން ފައިބާ، މަޖިލީހަށް ވަދެވުނަ ނުދީ ހިފަހައްޓާފައި ތިއްބެވި 12 މެންބަރުން މަޖިލީހަށް ވަދެވޭ ގޮތް ހައްދަވައިދެއްވުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ހޯމަދުވަހުގެ ޖަލްސާގައި މުހިއްމު ތިން ބިލެއް ފާސްކުރަން ބޭނުންވާ އަދަދަށް މެމްބަރުން ނެތް ކަމަށް ބުނެ މަސީހު ވޯޓަށް އަހަން ދެކޮޅު ހައްދަވާފައިވުމުން އަންގާރަ ދުވަހުގެ ޖަލްސާއަށް ވަޑައިގަތުމަށް އިލްތިމާސް ކޮށްފައި ވީނަމަވެސް މަސީހު ރިޔާސަތުގައި އިންނަވާ ޖަލްސާއަކަށް ވަޑައި ނުގަންނަވާނެ ކަމަށެވެ.
Thi jalsa ga alhugandumen kithanmevarakah ves baiverivaan beynun.
— ?? ??????? ???? (@Roxeyna) July 2, 2018
Ehenkamun majleehuge qawaidha eggothah, Maseeh jalsa ge riyaasathun faibaa, majleehah vadhevunanudhy hifahattaafa thibbevi 12 MPs majleehah vadhevey goiy hahdhavaa dhevvaa! pic.twitter.com/SYK5PzOLMu
އެބޭފުޅުން ކޮމިޓީތަކަށް ވަޑައިގަންނަވަނީ އެލަވަންސް ހޯއްދަވަން ކަމަށް ވިދާޅުވެ ޕީޕީއެމްގެ މެންބަރުން ވާހަކަ ދެއްކެވި ނަމަވެސް ހަގީގަތަކީ އެބޭފުޅުން ކޮމިޓީގައި ބައިވެރިވަނީ އެބޭފުޅުން ތަމްސީލު ކުރަމުންދާ ދާއިރާތަކުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަންކަން ކޮށްދިނުމަށް ކަމަށެވެ.
އިންތިޚާބުތަކާއި ބެހޭ ގާނޫނާށް އެބޭފުޅުން ހުށަހެޅި އެއްވެސް އިސްލާހެއް ކޮމިޓީން ބަލައި ނުގަންނަ ކަމަށާއި އެ އިސްލާހުތަކަކީ ރަނގަޅަށް ކިޔާ މުރާޖަޢާކުރުމަށް ފަހު ހުށަހެޅި އިސްލާހު ތަކެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ނަމަވެސް އެ އިސްލާހުތައް ވެރިކަން ކުރާ ޕާޓީގެ ބޭފުޅުން ބައްލަވާވެސް ނުލައްވާ އެ ބިލް ވެސް ބޭރުކޮށްލިކަން ރޮޒައިނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ރޮޒައިނާ ވިދާޅުވީ އިދިކޮޅު މެމްބަރުންނަކީ ޕީޕީއެމްއިން ބޭނުންވާ ގޮތަކަށް އެއްޗެއް ނެރުމުން ރަބަރ ސްޓޭމްޕް ޖަހަން ތިބޭ ނޫން ކަމަށެވެ.