ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 19:36
މަރޭއަށް އަނިޔާގެ ސަބަބުން މިދިޔަ އަހަރުވީ ފަޅު އަހަރަކަށް
މަރޭއަށް އަނިޔާގެ ސަބަބުން މިދިޔަ އަހަރުވީ ފަޅު އަހަރަކަށް
ގެޓީ އިމޭޖަސް
ޓެނިސް ކުޅުންތެރިން
ރަނގަޅަށް ކުޅުމުގެ ތެރެއަށް އަންނަން ވަގުތުކޮޅެއް ބޭނުން: އެންޑީ މަރޭ
މަރޭ މިއަހަރުގެ ވިމްބަލްޑަންގައި ބައިވެރިވިނަމަވެސް، މުބާރާތް ފެށެން އެއް ދުވަހަށް ވުމުން މުބާރާތުން ވަކިވި

ރަނގަޅަށް ކުޅުމުގެ ތެރެއަށް އައިސް، ޓެނިހުގެ އެންމެ އުހަށް ދިޔުމަށް އަދި ވަގުތުކޮޅެއް ބޭނުންވާކަމަށް އިނގިރޭސިިވިލާތުގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އެންޑީ މަރޭ ބުނެފިއެވެ. 

އުނަގަނޑުގެ ސަރޖަރީއަކަށްފަހު އަލުން ކުޅެން ފަށައި މަރޭ ވަނީ މިއަހަރުގެ ވިމްބަލްޑަންގައި ބައިވެރިވެފައެވެ. އެހެންނަމަވެސް މުބާރާތް ފެށެން އެއް ދުވަހަށް ވެފައިވަނިކޮށް އޭނާ ވަނީ މުބާރާތުން ވަކިވެފައެވެ. މަރޭ ބުނީ ސަރޖަރީއަށްފަހު 5 ސެޓުގެ މެޗުތައް ކުޅެން އަދި މާ އަވަސްކަމަށެވެ. 

މަރޭ ވަނީ ގްރޭންޑް ސްލޭމް 3 ފަހަރު އަދި ވިމްބަލްޑަން 2 ފަހަރު ކާމިޔާބުކޮށްފައެވެ. 

ބީބީސީއާއި ވާހަކަ ދައްކަމުން މަރޭ ބުނީ އޭނާ މިވަގުތު ބޭނުންވަނީ ހަށިގަނޑަށް ބަލައިގެން އުޅެންކަމަށެވެ. މިހާރު އުމުރުން 31 އަހަރުވެފައިވާ މަރޭ ބުނީ އަދި އަހަރުތަކެއް ވަންދެން ޓެނިސް ކުޅެން ބޭނުންވާކަމަށާއި، ކުޅިވަރުގެ އެންމެ އުހަށް އަނެއްކާވެސް ދާން ބޭނުންވާކަމަށެވެ. އަދި ހަށިގަނޑަށް އަރާމު ދިނުމަށްޓަކައި ކަސްރަތުކޮށް ޓްރެއިނިންގ ހަދާނީ އެކަމަށް ވިސްނައިގެންކަމަށްވެސް އޭނާ ބުންޏެވެ. 

މަރޭ ބުނީ މިފަހަރުގެ ވިމްބަލްޑަންގައި ނުކުޅެން ނިންމީ ކޯޗާއި ވާހަކަ ދެއްކުމަށްފަހު ކަމަށެވެ. އަދި ޕްރެކްޓިސްގައި ދިމާވާ ކަންކަން ނޫން އިތުރު ކަންކަން 5 ސެޓުގެ ވާދަވެރި މެޗެއް ކުޅޭއިރު ދިމާވާނެކަމަށާއި، އެހެންކަމުން އެފަދަ މެޗަކަށް އޭނާގެ ހަށިގަނޑު ތައްޔާރު ނޫންކަމަށެވެ. މިދިޔަ އަހަރުވެސް އެއްކޮށް ފިޓް ނުވަނީސް ވިމްބަލްޑަންގައި އޭނާ ކުޅުމުން ދިމާވި ކަންކަން ހަނދާން އެބަހުރިކަމަށްވެސް މަރޭ ބުންޏެވެ. 

ވިމްބަލްޑަންގައި މިފަހަރު ނުކުޅެން ނިންމީ ކޮންމެހެން ހާލު ދެރަވެގެން ނޫންކަމަށާއި، މިދިޔަ އެއް އަހަރަށްވުރެ މިދިޔަ އެއް މަސްތެރޭ ރިކަވަރވި މިންވަރު ރަނގަޅުކަމަށްވެސް އޭނާ ބުންޏެވެ. އަދި އެސްޕީޑްގައި އެއްކޮށް ރަނގަޅުވަންދެން ހަށިގަނޑު ބަލަހައްޓަން ޖެހޭކަމަށްވެސް މަރޭ ބުންޏެވެ. 

މިފަހަރުގެ މުބާރާތުގައި ބައިވެރިވިނަމަވެސް މުބާރާތް ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަމެއް އަދި ގިނަ މެޗުތަކުން މޮޅުވާނެކަމުގެ ޔަޤީންކަންވެސް ނެތްކަމަށް މަރޭ ބުންޏެވެ. އަދި ކުޅެން ބޭނުންވާކަމަށާއި، ވިމްބަލްޑަންގައި ނުކުޅެން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއްކަމަށް މަރޭ ބުންޏެވެ.

މަރޭ ވަނީ އޭނާ މިދުވަސްކޮޅު ރެސްޓްކުރަމުންދާކަމަށާއި، އެއްވެސް މީހަކު ކޯޗަކު ބޭނުންވޭތޯ ސުވާލުކޮށް އިންސްޓަގްރާމްގައި ޕޯސްޓެއްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް