ވީބީ ބްރަދާސްއިން ވަރަށް ފަހުން އެތެރެ ކުރަން ފެށި ޕްރިންގަލްސް ޗިޕްސް ވިއްކަން ފެށުމާކު މުޅި ދިވެހިރާއްޖޭގައި ވެސް އޭގެ އަގު ހެޔޮ ވެއްޖެއެވެ. އެ ކުންފުނިން ވަނީ ވަރަށް އަގުހެޔޮކޮށް ކަސްޓަމަރުންނަށް ވީބީ ބާޒާރުން ޕްރިންގަލްސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އެ ކުންފުނިން ބުނީ އެކަމުގެ ސިއްރަކީ އެ ކުންފުންޏަކީ ޕްރިންގަލްސްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ކަމަށް ވުމުން ކަމަށެވެ.
ވީބީ ބްރަދާސްއިން ޕްރިންގަލް ޗިޕްސްގެ ހަތް ފްލޭވަރ އެއް ގެންގުޅޭއިރު، އެ ބްރޭންޑްގެ ތިން ސައިޒެއްގެ ދަޅުތައް އެ ކުންފުނީގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ. އެ ކުންފުނިން ލިބެން ހުންނަ ސައިޒު ތަކުގެ ދަޅު ތަކަކީ 150 ގުރާމްއާއި 110 ގްރާމްގެ އިތުރުން 43 ގްރާމެވެ. 150 ގުރާމްއާއި 110 ގްރާމްގެ ދަޅުން އޮރިޖިނަލް، ބާބަކިއު، ހޮޓް އެންޑް ސްޕައިސީ، ސަވާ ކްރީމް އެންޑް އޮނިއަންސް، ސޯލްޓް، ޕިއްޒާ އަދި ޗީޒް ފްލޭވަރ ލިބޭނެއެވެ. އަދި 43 ގްރާމުގެ ދަޅުން އޮރިޖިނަލް ފްލޭވަރާއި ސަވާ ކްރީމް އެންޑް އޮނިއަންސް ފްލޭވަރ ލިބޭނެ ކަމަށް ވީބީ ބްރަދާސްގެ، ވީބީ ބާޒާރު ފިހާރައިގެ މެނޭޖަރ ޚާލިސް ނަޖީބް ވިދާޅުވިއެވެ.
އެ ކުންފުނިން ބުނީ މާފަންނުގައި ހުންނަ ވީބީ ފިހާރައާއި ގަލޮޅުގައި ހުންނަ ވީބީ ފިހާރައިގެ އިތުރުން މާލޭގެ ހުރިހާ ފިހާރަތަކަކުން ރީޓެއިލްކޮށް ޕްރިންގަލްސް ޗިޕްސް ލިބޭނެ ކަމަށެވެ. 150ގ. ކޭހެއް 255ރ. އަށް ލިބޭއިރު 110ގ. ކޭހެއް ލިބޭނީ 234ރ. އަށެވެ. އަދި 43ގ. ކޭހެއް ލިބޭނީ 104 ރުފިޔާއަށެވެ. މިއިން ކޮންމެ ސައިޒެއްގެ ކޭހެއްގައި ވެސް އިންނާނީ 12 ދަޅެވެ.
ވީބީ ބްރަދާސްއިން ބުނީ ޕްރިންގަލްސްގެ އިތުރުން އެ ކުންފުންޏަކީ ވަރަށް ގިނަ ޕްރޮޑަކްޓްސްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ކަމަށެވެ. އެގޮތުން އެ ކުންފުނިން ޑިސްޓްރިބިއުޓް ކުރާ ބައެއް ބާވަތްތަކުގެ ތެރޭގައި މާސް ޗޮކްލަޓާއި، ޖޯންސަން އެންޑް ޖޯންސަން، ގާނިއާ އެންޑް ލޯރިއަލް، ކެލަސް ކޯންފްލެކްސް އަދި ސިނިކާސް ހިމެނެއެވެ.