ރައްޔިތުން އެދޭ ވެރިކަމެއްގައި ރިސޯޓް މުވައްޒަފުންނަށް ދިނުމަށް ގާނޫނުގައި ލާޒިމުކޮށްފައިވާ ސާވިސް ޗާޖު ނުދޭ ރިސޯޓުތަކުގެ ޖެނަރަލް މެނޭޖަރުން ޖަލަށް ލާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު، އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނަށް ބަދަލު ގެނެސް، ސާވިސް ޗާޖު ނުދޭ ރިސޯޓުތަކުގެ ޖެނަރަލް މެނޭޖަރުން 30 ދުވަަހަށް ޖަލަށްލާނެ ކަމަށެވެ. ސުއޫދު އެ ވައުދު ހުށަހެޅުއްވީ "އަހަރުމެން އެދޭ ވެރިކަމެއްގައި"ގެ ނަމުގައި ސިލްސިލާ ވައުދުތަކެއްގެ ގޮތުގައި އޭނާ ކުރައްވަމުން ގެންދަވާ ޓްވީޓުތަކުގެެ ތެރެއިން، ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
#AharemenEdheyVerikameggai resort thakuge muvazzafunnah dhinumah qaanoonu laazimukuraa service charge nudhey resort thakuge general manager 30 dhuvahah jalah lumah gaanoonu badhalukureveyne.
— Husnu Al Suood (@hsuood) July 4, 2018
ރިޔާސީ ކެންޑިޑޭޓުންނާއި ޕާޓީތަކުން ރިޔާސީ ވައުދު ރައްޔިތުންނަށް ހުށަހަޅަމުންދާ ދަނޑިވަޅުގައި "އަހަރުމެން އެދޭ ވެރިކަމެއްގެ" ނަމުގައި ސުއޫދު ހުށަހަޅުއްވާފައި ވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުން މަދު ކުރާނެ ކަމަށާއި ވިޔަފާރިވެރިންގެ އަތުން، އިންކަމް ޓެކްސް ނަގާނެ ކަމަށެވެ. އެގޮތުން އިންކަމް ޓެކްސްގެ ގޮތުގައި 60،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ތިން ޕަސެންޓުގެ ޓެކްސް ނަގާނެ ކަމަށް ސުއޫދު ވިދާޅުވެފައިވެއެވެ.
#AharemenEdheyVerikameggai Male' dhaftharu uvaalai eh rashun aneh rashah hijura kurumah evves hurahen noanna halleh hoadhaidheveyne. Mihaaru onna Male ge dhafatharakee Rahfushuge meehunnah koffa onna malaamaatheh adhi furassaara eh, adhi huthuru label eh. https://t.co/bWxeczfFPG
— Husnu Al Suood (@hsuood) July 1, 2018
ސުއޫދު ހުށަހަޅުއްވާފައިވާ ވައުދުތަކުގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ހިޖުރަ ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ގޮތަށް ހައްލެއް ހޯއްދައި ދެއްވާނެ ކަމަށާއި މާލޭ ދަފްތަރު އުވާލާނެ ކަމަށެވެ.