ކ. މާލެ
|
1 ޖުލައި 2018 | އާދީއްތަ 13:33
ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކުގެ އަގު ވަނީ ހެޔޮވެފައި
ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކުގެ އަގު ވަނީ ހެޔޮވެފައި
ދިރާގު
ދިރާގު ހިދުމަތްތައް
ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖް ތަކަށް ހެޔޮ ބަދަލު ތަކެއް!
މުޅިން އާ ޕެކޭޖެއް ވެސް ވަނީ ތަޢާރަފް ކޮށްފައި
ބޫސްޓަރއެއްގެ އެލަވަންސްވެސް ވަނީ އިތުރުކޮށްފައި
ބްރޯޑްބޭންޑް ޕެކޭޖުތައް ވަނީ އަގު ހެޔޮވެފައި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާ އެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުނި، ދިރާގުން އެ ކުންފުނީގެ އެންމެ މަގުބޫލު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އެލަވަންސް އިތުރުކޮށް، ކަސްޓަމަރުންގެ ފޯނަށް ޔޫސޭޖް ނޮޓިފިކޭޝަން ލިބޭނެ ގޮތް ހަމަ ޖައްސައިފިއެވެ. މީގެ އިތުރުން މުޅިން އާ ޕެކޭޖެއް ވެސް ވަނީ ތަޢާރަފް ކޮށްފައިއެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކުގެ ތެރެއިން އެންމެ މަގުބޫލު ޕެކޭޖްތަކުގެ އެލެވަންސް ވަނީ އިތުރުކޮށްފައިއެވެ. މި އައި ބަދަލާއެކު ކަސްޓަމަރުންގެ މަހުފީ އިތުރު ނުވެ އެ ޕެކޭޖްތަކަށް ވަނީ އިތުރު އެލަވަންސް ދީފައެވެ.

ފިކްސްޑް ބްރޯޑްބޭންޑްގެ އެލަވަންސް ހުސްވާން ކައިރިވުމުން އެސް.އެމް.އެސް އަކުން އެނގިގެންދާނެއެވެ. އެގޮތުން އެސް.އެމް.އެސް ނޮޓިފިކޭޝަން ލިބޭ ގޮތް ހެއްދެވުމަށް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް އަށް ލޮގިން ކުރައްވައިގެން ފަސޭހަކަމާއިއެކު އެކްޓިވޭޓް ކޮށްލެވޭނެއެވެ

މީގެ އިތުރުން މި ޕޯޓަލް މެދުވެރިކޮށް ޔޫސޭޖް އެލަވަންސް ފަސޭހަކަމާއެކު މޮނިޓަރ ކޮށް ބެލެހެއްޓޭނެއެވެ. އަދި ހަމަ އެއާއެކު ދިރާގު މޯބައިލް އެޕް މެދުވެރިކޮށްވެސް އިންޓަރނެޓް ޔޫސޭޖް ބެލޭނެއެވެ.

ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖު ތަކަށް އައި ހެޔޮ ބަދަލާއި ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑްގެ އެޑް-އޮން ނުވަތަ ބޫސްޓަރ ތަކަށްވެސް ވަނީ ކުރި އެރުން ތަކެއް ގެނެސްފައި އެވެ. އެގޮތުން ހުރިހާ ބޫސްޓަރ އެއްގެ އެލަވަންސްވެސް ވަނީ އިތުރުކޮށްފައެވެ. އަދި ހަމަ އެއާއެކު، މިހާރުގެ 900 ރުފިޔާ އަށް ލިބޭ 100 ޖީބީގެ ބޫސްޓަރ މިހާރު ލިބޭނީ އެންމެ 790 ރުފިޔާ އަށެވެ. އެހެންކަމުން މިހާރު ރާއްޖޭގައި އެންމެ ހެޔޮ އަގެއްގައި އެންމެ ގިނަ ޑޭޓާ އެލަވަންސް ފޯރުކޮށްދޭ ނެޓްވޯކަކީ ދިރާގެވެ.

މީގެ އިތުރުން، އަލަށް ތައާރަފު ކުރި ޕެކޭޖަކީ 30 ޖީބީގެ އެލަވަންސް އަކާއި އެއްކޮށް 350 ރުފިޔާއަށް ފައިބަރ 5 އެމްބީޕިއެސްގެ ޕެކޭޖެކެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކެއް ގާއިމު ކޮށްފައިވަނީ ދިރާގުންނެވެ. އަދި ދިރާގުން ދަނީ މުޅި ރާއްޖެއަށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމުތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން ދިރާގުން ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 41 ރަށަކަށް ފައިބަރގެ ހިދުމަތް ފޯރުކޮށްދީފައިއެވެ.

އެހެންކަމުން މިހާރު ރާއްޖޭގެ އާބާދީގެ 66 އިންސައްތައަށް ދިރާގު ފައިބަރ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެކުން ފުނިން ބުނެއެވެ.

- ކޮމެންޓް