ކ. މާލެ
|
1 ޖުލައި 2018 | އާދީއްތަ 04:55
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ގޫގުލް
އެމެރިކާ
އާއިލާތައް ވަކިކުރުމުގެ ސިޔާސަތާ ދެކޮޅަށް އެމެރިކާގެ އެކިކަންކޮޅުތަކުގައި މުޒާހަރާ ކުރަނީ
މުޒާހަރާތައް ބާއްވާނީ ހާއްސަ ސްލޮގަން "#ފެމިލީސްބިލޯންގްޓުގެދާ"، ދަށުން

އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ހިޖުރަވެރިންގެ ސިޔާސަތުގެ ސަބަބުން އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ މުޒާހަރާތައް އެމެރިކާގެ އެކި ސިޓީތަކުގައި ހޮނިހިރު ދުވަހު އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

އެމެރިކާ އަށް އެތެރެވާ އާއިލާތައް އެ އާއިލާތަކުގެ ބައެއް މެމްބަރުންނާއި ވަކިކުރުމުގެ ސިޔާސަތުގެ ދަށުން ބޯޑަރު ސަރަހައްދުގައި އެފަދަ އާއިލާތައް އަލުން މެމްބަރުން އެއްކޮށްލުމަށް އެދި ގޮވާލާ 630 އިވެންޓެއް ހޮނިހިރު ދުވަހު ވަނީ ޝެޑިއުލް ކުރެވިފައެެވެ. 

އެމެރިކާ އަށް ގަވާއިދާ ހިލާފަށް އެތެރެވާ އާއިލާތަކުން އެ އާއިލާތަކުގެ ކުޑަކުދިން އެކުދިންގެ މައިންބަފައިންނާ ވަކިކުރުމަށް އެމެރިކާގެ ރައީސް ގަރާރަކުން އަންގަވާ ފަހުން އެ ގަރާރު އުވާލައްވާފައިވީ ނަމަވެސް 2000 އެއްހާ ކުޑަކުދިން ވަނީ އެކުދިންގެ އާއިލާތަކާ އަދިވެސް ވަކިކުރެވިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. 

އާއިލާތައް ވަކިކުރުމުގެ ސިޔާސަތު ރައީސް ޓްރަމްޕް އެކަށައަޅުއްވާ ފަހުން އެ ސިޔާސަތު އުވާލެއްވީ ބައިނަލްއަގްވާމީ އަދި އެތެރޭގެ ވަރަށް ބޮޑެތި ފިއްތުންތަކަށްފަހުއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް