ކ. މާލެ
|
29 ޖޫން 2018 | ހުކުރު 10:40
ރަޝިއާ 2018 ވޯލްޑް ކަޕް
ރަޝިއާ 2018 ވޯލްޑް ކަޕް
ގޫގުލް
ނުރައްކާތެރި ހަމަލާ
ބޮމުގެ ހަމަލާއެއް ވޯލްޑްކަޕަށް އަމާޒުކޮށް ދޭނެ ކަމަށް ބުނުމުން އެލާޓަށް!
ރަޝިއާ އެލާޓަށް އައިސްފި
ސަމާރާ ސިޓީގައި ފޯރި މަރަނީ
އެކި ސަރަހައްދުތަކުން މީހުން ވަނީ ބޭރު ކޮށްފައި

ވޯލްޑްކަޕް ބާއްވާ ސްޓޭޑިއަމް ހުންނަ ސަރަހައްދަށް ބޮމުގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދިނުމާ އެކު އެ މުބާރާތް އޮންނަ ގައުމު ކަމަށްވާ ރަޝިއާ އެލާޓަށް އައިސްފިއެވެ.

ބުރާސްފަތި ދުވަހު ލިބުނު އިންޒާރާ ގުޅިގެން ރަޝިއާ ފުލުހުން ވަނީ ވޯލްޑް ކަޕްގެ މުބާރާތް ބާއްވާ ސަމާރާ ސިޓީގައި ފޯރި މަރަން ފަށާފައެވެ. އެ ސަރަހައްދުގެ އެކިއެކި ޝޮޕިންގް މޯލްތައް ވެސް ވަނީ ފާސް ކޮށްފައެވެ. އެހެން ނަމަވެސް ނުރައްކާތެރި އެއްވެސް ކަހަލަ ގޮވާ އެއްޗެއް ނުވަތަ ހަތިޔާރެއް ވެސް ފެނިފައެއް ނުވެއެވެ.

ފޯނު ކޯލަކުން ދިން އެ އިންޒާރުގެ ސަބަބުން އެ ސަރަހައްދުގެ ހޮސްޕިޓަލުކާއި ތިން ޝޮޕިންގް މޯލް އިން  މީހުން ބޭރުކޮށް ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފައިވާ ކަމަށް ވެސް އެގައުމުގެ ނޫސް އޭޖެންސީއަކުން ވަނީ ބުނެފައެވެ.

އެ ގޮތުން ސަލާމަތީ ބާރުތަކުން ވަނީ ކުއްތާ ބޭނުންކޮށްގެން އެ ސަރަހައްދުން އެއްވެސް ކަހަލަ ބޮމެއް ފެނޭތޯ ބަލާފައެވެ. އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން ސަލާމަތީ ބާރުތަކުން އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް