ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަން ކޮމިޝަނުން އިޢުލާންކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުރާސްފަތި ދުވަހު ކުރި އިއުލާންގައި ބުނެފައި ވަނީ ވޯޓުލާ މަރުކަޒުގައި މަސައްކަތް ކުރަން ޝައުގުވެރިވާ މީހުން އޮފިޝަލުންނަން ޚާއްޞަ ކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، 2018 ޖުލައި 19 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް ނުވަތަ ރަށު/އަތޮޅު/ ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދޭކަމަށެވެ. ނުވަތަ އީމެއިލް ކުރައްވާނަމަ [email protected] އަށް ފޮނުވޭނެ ކަމަށް ވެސް އެ އިއުލާންގައި ބުނެފައެވެ.
އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފޯމު، ރަށު/އަތޮޅު/ސިޓީ ކައުންސިލް އިދާރާއިންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް www.election.gov.mv އިން ލިބެންހުންނާނެއެވެ.
ރިޔާސީ އިންތިހާބުގައި ހަތަރުސަތޭކަ ވޯޓު ފޮށިކައިރީގައި ތިބޭ އޮފިޝަލުން ނަގަން ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ ވޯޓު ފޮށްޓެއްގައި މަދުވެގެން ފަސް އޮފިޝަލުންނެވެ.