ކ. މާލެ
|
28 ޖޫން 2018 | ބުރާސްފަތި 18:53
M580 އެޗްޑީ ސެޓްޓޮޕް ބޮކްސް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
M580 އެޗްޑީ ސެޓްޓޮޕް ބޮކްސް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
މީޑިއާނެޓް
މީޑިއާނެޓްގެ M580 އަލްޓްރާ އެޗްޑީ ސެޓްޓޮޕް ބޮކްސްއަށް އޮތް ތަރުހީބު ބޮޑު!
M580 ސެޓްޓޮޕް ބޮކްސްގައި ވަރަށް ހާއްސަ ފީޗަރތަކެއް އެކުލެވޭ
M580 އެޗްޑީ ސެޓްޓޮޕް ބޮކްސް ލޯންޗުކޮށްފައިވަނީ ޖޫން 9 ވަނަ ދުވަހު

 މީޑިއާނެޓްގެ M580 އަލްޓްރާ އެޗްޑީ ސެޓްޓޮޕް ބޮކްސްއަށް ތައާރަފުކުރިތާ ތިން ހަފްތާވީ އިރުވެސް  M580 އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.

މީޑިއާނެޓުން މިފަހަރުގެ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗުތަކެއް ދައްކާއިރު އަލްޓްރާ އެޗްޑީ (އެޗްޑީގެ ހަތަރު ގުނަ ނުވަތަ 4ކޭ ކޮލިޓީގައި) ވާރލްޑް ކަޕްގެ 10 މެޗު ބަލާލުމުގެ އިތުރުން ހަތަރު ޗެނަލް 4ކޭ ކޮލިޓީގައި ބަލާލުމުގެ ފުރުސަތު މީޑިއާނެޓުން ހުޅުވާލާފައިވެއެވެ.

މީޑިއާނެޓްގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ޝިއުނާ ހަމީދު ވިދާޅުވީ M580 ސެޓްޓޮޕް ބޮކްސްގައި ވަރަށް ހާއްސަ ފީޗަރތަކެއް އެކުލެވިގެންވާ ކަމަށެވެ. އެގޮތުން ޕޯސް ކުރުމާއި ތިން ޗެނަލް އެއްފަހަރާ ރިކޯޑު ކޮށްލުމުގެ އިތުރުން 1 ޓީބީ ހާޑް ޑިސްކެއް ހިމެނޭ ކަމަށެވެ.

މީޑިއާނެޓުން M580 އެޗްޑީ ސެޓްޓޮޕް ބޮކްސް ލޯންޗުކޮށްފައިވަނީ ޖޫން 9 ވަނަ ދުވަހުގެ ރޭ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މީޑިއާނެޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ފައިނޭންސް އަހްމަދު ނާޝިދު ވިދާޅުވީ މީޑިއާނެޓުން އަބަދުވެސް މަސައްކަތް ކުރަނީ ފަހުގެ ޓެކްނޮލޮޖީތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކަމަށާއި M580 ގެ ސެޓްޓޮޕް ބޮކްސް ގަންނަ ފަރާތްތަކަށް 4ކޭ ކޮލިޓީގެ ހުރިހާ ޗެނަލްތަކެއް ވާރލްޑްކަޕް ނިމެންދެން އިތުރު ފީއަކާ ނުލައި ބަލާލެވޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި މީޑިއާނެޓުން ވަނީ ގުރުއަތުން ހޮވުނު ތިން ބޭފުޅަކަށް M580 އަލްޓްރާ އެޗްޑީ ސެޓްޓޮޕް ބޮކްސް ހަދިޔާކޮށްފައެވެ.

ވާރލްޑް ކަޕްގެ ރައުންޑް އޮފް 16 ގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 2 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މީޑިއާނެޓްގެ M580 ސެޓްޓޮޕް ބޮކްސް މެދުވެރިކޮށް މެޗުތައް 4ކޭ ކޮލެޓީގައި ބަލާލެވޭނެއެވެ.  

 

 

 

 

 

 

 

- ކޮމެންޓް