ޖަރުމަނާއި ނޯވޭ އަދި އިގިރޭސިވިލާތު އިންވެގެން އޮންނަ ކަނޑުގެ ތެރޭގައި ނައްތާލަން ނިންމާފައިވާ ތެޔޮ ރިގްތައް ނައްތާލުމަށް ދާނެ ކަމަށް އަންދާޒާ ކުރެވުނު ޚަރަދުން 2.6 ބިލިއަން ޑޮލަރު ކުޑަ ކުރެވިއްޖެ ކަމަށް އޮއިލް އެންޑް ގޭސް އޮތޯރިޓީ (އޯ.ޖީ.އޭ) އިން ބުނެފިއެވެ.
އޯ.ޖީ.އޭ އިން މިދިޔަ އަހަރު ބުނީ އެތަންތަން ނައްތާލުމަށް 78.7 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށެވެ. އެ ޚަރަދުތައް ދައްކަން ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގެ ސަރުކާރާއި އެތަން ހިންގައިފައިވާ މީހުންނާ ދެމެދު ހަމަހަމައަށް ބަހާލައިގެންނެވެ.
އެތަން ނައްތާލުމަށް ހަވާލުވެފައިވާ ފަރާތްތަކުން ދަނީ ޚަރަދުތައް ކުޑަކުރުމަށް ދިރާސާތައް ކުރަމުންނެވެ.
އޯ.ޖީ.އޭ އިން ބުނީ ތެޔޮ ރިގް ނައްތާލުމުގައި ކުރަން ޖެހޭ ކަންތައްތައް އިތުރުވެފައި ވީނަމަވެސް، އަންދާޒާކުރެވުނު ޚަރަދުގެ އަގު ކުޑަވެ 76.5 ބިލިއަން ޑޮލަރަށް ތިރިވެފައިވާ ކަމަށެވެ.
އޯ.ޖީ.އޭގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް ގަންތާ ނިއުކޮމްބޭ ވިދާޅުވީ ތެޔޮ ރިގް ނައްތާލުމުގައި ގިނަ ކުރިއެރުންތައް ލިބިފައިވާ ކަމަށާއި އަދި އެކަމަށް ދާ ޚަރަދު ވީހާ ވެސް ކުޑަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. މިކަން ކުރުމުގައި ސަރުކާރާއި، އޯ.ޖީ.އޭ އަދި އެތަންތަން ހިންގުމާ ހަވާލުވެފައިވާ ފަރާތްތައް މަސައްކަތް ކުރަމުން ދަނީ ވަރަށް އެކުއެކީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.