ކ. މާލެ
|
17 ޖެނުއަރީ 2017 | އަންގާރަ 18:18
މޯލްޑިވްސް ފުޓްބޯލް އެވޯޑު ލިބުނު ފަރާތްތަކާއި އެފްއޭއެމްގެ އިސްވެރިން އަދި ކުޅިވަރާބެހޭ މިނިސްޓަރު އިރުތިޝާމް އާދަމް
މޯލްޑިވްސް ފުޓްބޯލް އެވޯޑު ލިބުނު ފަރާތްތަކާއި އެފްއޭއެމްގެ އިސްވެރިން އަދި ކުޅިވަރާބެހޭ މިނިސްޓަރު އިރުތިޝާމް އާދަމް
ގޫގުލް
ފުޓްބޯލް
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
އަންނަ އަހަރު އިތުރު ދާއިރާތަކުން އެވޯޑްތައް ލިބިގެންދާނެ: ބައްސާމް
އެންމެ ރީތި ގޯލު ޖަހާ ކުޅުންތެރިޔާގެ އެވޯޑު ދޭނީ ޖޫލޭ އެވޯޑުގެ ނަމުގަ
މއ. ޕެރިސްގެ އަލްމަރްހޫމް އަލީ ނަސީމަށް ވެސް ހާއްސަ ފިލައެއް

މޯލްޑިވްސް ފުޓްބޯލްއާ އެފްއޭއެމް ގުޅިގެން މުޅިން އަލަށް ދޭން ފެށި "މޯލްޑިވްސް ފުޓްބޯލް އެވޯޑު" ގައި އަންނަ އަހަރުން ފެށިގެން އިތުރު ހަތް އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ތައާރަފްކުރި މި އެވޯޑުގައި މިއަހަރު ދީފައި ވަނީ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ މޮޅު ކޯޗު އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް އެވޯޑެވެ.

އެފްއޭއެމް އެވޯޑު ނައިޓުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ މިއަހަރަށް ވުރެން ގިނަ އެވޯޑްތަކެއް ދެވިގެންދާނެ އަހަރެއް ކަމަށާއި އެހެން ކަމުން އެ ބަދަލާއެކު ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އިތުރު ހިތްވަރަކަށް މިކަން ވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެގޮތުން މިއަހަރު ދޭން ނިންމި އިތުރު އެވޯޑްތަކުގެ ތެރޭގައި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އާއި އަހަރުގެ އެންމެ މޮޅު އަންހެން ކޯޗް އާއި އެންމެ މޮޅު ގޯލް ކީޕަރު، އަހަރުގެ އެންމެ މޮޅު ގޯލު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، ފެއާ ޕްލޭ ޓީމު އަދި ފޭން އެވޯޑް ދެވިގެންދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ފުޓްބޯޅަ ޚަބަރުތައް ގެނެސްދޭ މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް އިން ބުނީ، އަހަރުގެ އެންމެ މޮޅު ގޯލު ހޮވާނީ އެފްއޭއެމް އިން ރާވާ ހިންގާ މުބާރާތްތަކުގައި ޖަހާ ގޯލުތައް ޖަޖުންގެ ޕެނަލްއަކުން ބެލުމަށްފަހު އެންމެ މޮޅު ކަމަށް ގަބޫލު ކުރެވޭ ގޯލުތަކަށް ވޯޓް ދިނުމަށް އާންމުންނަށް ހުޅުވާލައިގެން އާންމުންގެ ވޯޓުން ކަމަށެވެ. އަދި މިއެވޯޑަށް ކިޔާނެ ނަމަކީ ޖޫލޭ އެވޯޑް އެވެ. ޖޫލޭ އެވޯޑްގެ ނަން މި އެވޯޑަށް ދީފައިވަނީ ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ލަނޑެއް ކާމިޔާބުކޮށްދިން ގ. ޖޫލިއަޓް ގެ މަރްހޫމް އަބްދުﷲ ރަޝީދު ގެ ނަމާއި ގުޅުވުމަށްފަހުގައި ކަމަށް ވެސް މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމްއިން މައުލޫމާތުދެ އެވެ.

މިދިޔަ އަހަރުގެ މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ނައިޓް ހޯމަ ދުވަހުގެރޭ ބޭއްވިއިރު، މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީސީ ސްޕޯޓްސް ކްލަބްގެ އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ސެންޓޭ ހޮވުނު ފުރަތަމަ ފަހަރެވެ. ސެންޓޭ އަށް އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލިބުނުއިރު އޭނާ ވަނީ މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ޖުމްލަ 34 ގޯލު ކާމިޔާބުކޮށް މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ ގޯލްޑަން ޝޫ (ރަން ބޫޓު) ވެސް ހާސިލު ކޮށްފަ އެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗް މުހައްމަދު ނިޒާމް އެވެ. އަދި މިދިޔަ އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ކްލަބް އީގަލްސްގެ އަހުމަދު ރިޒުވާން އެވެ.

މި ހަފްލާގައި ވަނީ ފުޓްބޯޅައަށް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވަނީ މއ. ޕެރިސްގެ އަލްމަރްހޫމް އަލީ ނަސީމްއަށް ވެސް ހާއްސަ ފިލައެއް އަރުވާފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރު އެފްއޭއެމް އަށް އެންމެ ހިދުމަތްތެރި ތިން ރެފްރީންނަށްވެސް ވަނީ ހަނދާނީ ފިލައެއް ދީފަ އެވެ.

- ކޮމެންޓް