ކ. މާލެ
|
27 ޖޫން 2018 | ބުދަ 13:06
އިސްލާމިކް ކެޕިޓަލް މާކެޓާ ގުޅޭ ތަމްރީން ޕްރޮގްރާމް
އިސްލާމިކް ކެޕިޓަލް މާކެޓާ ގުޅޭ ތަމްރީން ޕްރޮގްރާމް
ކެޕިޓަލް މާރކެޓް ޑިވަަލޮޕްމަންޓް އޮތޯރިޓީ
ސީއެމްޑީއޭ
އިސްލާމިކް ކެޕިޓަލް މާކެޓާ ގުޅޭ ތަމްރީން ޕްރޮގްރާމް ނިންމާލައިފި
މި ޕްރޮގްރާމު ކުރިއަށްގެންދިޔައީ ޖޫން 25 އިން 27 ވަނަ ދުވަހުގެ ނިޔަލަށް
ޓްރެއިނިންގ ކުރިއަށްދިޔައީ ޗަމްޕާ ސެންޓްރަލްގައި
މާލީ ދާއިރާގެ ފަރާތްތައް ވަނީ ބައިވެރިވެފައި

ޓްރެއިނިންގ އޮން އިސްލާމިކް ކެޕިޓަލް މާކެޓްގެ ނަމުގައި ކުރިއަށްގެންދިޔަ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ނިންމާލައިފި އެވެ.

މި ވޯކްޝޮޕާއި ގުޅޭ ގޮތުން ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކޮމިޓީގެ ޗެއަރޕާސަން ޑރ އައިޝަތު މުނީޒާ ވިދާޅުވީ، މިފަދަ ޓްރެއިނިންގ އެއް ބޭއްވުމުގެ މަގްސަދަކީ ރާއްޖޭގެ އިސްލާކިމް ކެޕިޓަލް މާކެޓަށް ރާއްޖޭގެ މާލީ ދާއިރާގެ ފަރާތްތަކުން އަހުލުވެރި ކުރުމާއި އިންޓަރނޭޝަނަލް ފައިނޭޝިއަލް މާކެޓްގައި ކަން ހިނގާގޮތް ދަސްކޮށްދިނުން ކަމަށެވެ.

" މި ޓްރެއިނިންގައި ރާއްޖޭގެ ފައިނޭންޝިއަލް ސެކްޓަރގައި ހަރަކާތްތެރިވާ މައިގަނޑު ހުރިހާ މުއައްސަސާތަކެއް ބައިވެރިވެފައިވޭ. އޭގެ ތެރޭގައި އެމްއެމްއޭ އާއި މީރާ އިން ވެސް ވަނީ ބައިވެރިވެފަ." މުނީޒާ ވިދާޅުވި އެވެ.

މި ތަމްރީން ޕްރޮގްރާމު ކުރިއަށް ގެންދަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި އިސްލާމިކް ޑިވެޕޮލްމެންޓް ބޭންކް (އައިޑީބީ) ގެ އިސްލާމިކް ރިސާޗު އެންޑް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ކަމަށް ސީއެމްއެޑީއޭ އިން ބުނެ އެވެ.

މި ޕްރޮގްރާމު ކުރިއަށްގޮސްފައިވަނީ ޖޫން 25 އިން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޓްރެއިނިންގ ޕްރޮގްރާމުގެ އަމާޒަކީ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް އިސްލާމިކް ކެޕިޓަލް މާކެޓަށް ޝައުގުވެރިކުރުމާއި އެފަރާތްތައް މިދާއިރާއަށް ހޭލުންތެރިކޮށް އިސްލާމިކް ފައިނޭންސްގެ ޕްރޮޑަކްޓްތަކަށް އަހުލުވެރި ކުރުމަށް ކަމަށް ސީއެމްޑީއޭ އިން ބުނެ އެވެ. އިސްލާމިކް ކެޕިޓަލް މާކެޓާއި އިސްލާމިކް ބޭންކިންގ އާ ބެހޭ އަސާސީ މަފްހޫމްތައް ޕްރޮގްރާމުގެ ބައިވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

އިސްލާމީ މާލީ ޚިދުމަތްތަކުގެ ރެގިއުލޭޓަރީ ނިޒާމާއި ސުކޫކް ސްޓްރަކްޗަރ ކުރުމާއި އެސެޓްސް ސެކިއުރިޓައިޒޭޝަނާއި އިސްލާމިކް ކެޕިޓަލް މާކެޓްގައި ހުރި ގޮންޖެހުންތަކާއި ޝަރީއާ ކޮމްޕްލަޔަންޓް ލިކުއިޑިޓީ މެނޭޖްމަންޓާބެހޭ މައުލޫމާތު މި ޕްރޮގްރާމުގެ ބައިވެރިންނާ ހިއްސާ ކުރެވިގެންދާނެ ކަމަށް ވެސް ސީއެމްޑީއޭ އިން ބުނެ އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއަ މިޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ދެނީ އިސްލާމިކް ރިސާޗު އެންޑް ޓްރެއިންނިންގ އިންސްޓިޓިއުޓްގެ ފަރާތުން އިސްލާމިކް ފައިނޭންސްގެ ތަޖުރިބާކާރު ފަރާތް ޑރ އުސްމާން ބަބިކްރު އާއި އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް ކެޕިޓަލް މާކެޓްގެ ރޮނގުން ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ ގޮތުން އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ޑރ އާއިޝަތު މުނީޒާއެވެ.

 

- ކޮމެންޓް