ކ. މާލެ
|
17 ޖެނުއަރީ 2017 | އަންގާރަ 17:48
ފުޓުބޯޅަ ދިރާސާ ކުރައްވާ އަދި ފުޓުބޯޅަ އަށް ހިދުމަތް ކުރައްވަމުން ގެންދަވާ އަހުމަދު މުޖުތަބާ (ފެސްކޯ)
ފުޓުބޯޅަ ދިރާސާ ކުރައްވާ އަދި ފުޓުބޯޅަ އަށް ހިދުމަތް ކުރައްވަމުން ގެންދަވާ އަހުމަދު މުޖުތަބާ (ފެސްކޯ)
ރާއްޖެއެމްވީ
ފުޓުބޯޅަ
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
އެވޯޑުގެ އިންސާފުވެރި ކަމާމެދު ޝައްކެއް ނުކުރަން: ފެސްކޯ
ނިޒާމް އަށް މޮޅު ކޯޗުގެ އެވޯޑު ހައްގު: ފެސްކޯ

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ފުޓުބޯލް ޑޮޓްކޮމް އިން އިންތިޒާމްކޮށްގެން ދެވުނު އެފްއޭއެމް އެވޯޑަކީ ވަރަށް ރަނގަޅަށް މޮނީޓާ ކުރެވިގެން ރަނގަޅު ސިސްޓަމެއްގެ ތެރެއިން ދެވުނު އެވޯޑެއް ކަމަށް ފުޓުބޯޅައިގެ ތަޖުރިބާކާރު އަހުމަދު މުޖުތަބާ (ފެސްކޯ) ވިދާޅުވެއްޖެ އެވެ.

 

ފާއިތުވި ސީޒަންގެ މޮޅު ކުޅުންތެރިޔާ އާއި މޮޅު ކޯޗު އަދި އެންމެ އުންމީދީ ކުޅުންތެރިޔާ އަށް ދޭ ހާއްސަ އެވޯޑްތައް ހޯމަ ދުވަހުގެރޭ ދީފައިވާ އިރު، މި އެވޯޑްތަކަށް ވާދަކުރާ ފަރާތްތަކަށް ވޯޓު ދީފައި ވަނީ މީގެ ކުރިން އެހެން އަހަރުތަކާ ހިލާފަށެވެ.

 

އެގޮތުން މިފަހަރު ވޯޓު ދިނުމުގައި ރާއްޖޭގެ އެއްވަނަ އަދި ދެވަނަ ޑިވިޝަނުގެ ފުޓުބޯޅަ ކޯޗުންނާއި ޓީމުތަކުގެ ކެޕްޓަނުން އަދި ކުޅިވަރުގެ ނޫސްވެރިންނަށް ވަނީ ފުރުސަތު ދީފަ އެވެ.

 

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަ ދައްކަމުން މުޖުތަބާ ވިދާޅުވީ މިފަދަ އެވޯޑެއް ނުދެވި ގިނަ ދުވަސްތަކެއް ވެގެން ގޮސްފައިވާ ކަމަށާއި އަދި މިއީ ފުޓުބޯޅަ ކުޅޭ ކުޅުންތެރިންނާއި ފުޓުބޯޅަ ކުރިއަރުވަން މަސައްކަތް ކުރާ ފަރާތްތަށް އިތުރަށް ކުރިއަށްދިއުމަށް ދެވޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މިފަދަ އެވޯޑެއް އަނެއްކާ ވެސް ތައާރަފް ކުރި ކަމަށްޓަކައި މުޖުތަބާ ވަނީ އެފްއޭއެމް އަށާއި މޯލްޑިވްސް ފުޓުބޯލް ޑޮޓްކޮމް އަށް ޝުކުރު އަދާކޮށްފަ އެވެ.

 

މުޖުތަބާ ވިދާޅުވީ މިފަހަރުގެ އެވޯޑަކީ ވަރަށް އިންސާފާއެކު ރަނގަޅު މޮނިޓަރިން ސިސްޓަމެއްގެ ތެރެއިން ދެވިފައިވާ އެވޯޑެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން މިއެވޯޑު ދިނުމުގައި އަމަލުކޮށްފައި ވަނީ ފީފާ އާއި އޭއެފްސީން ގެންގުޅޭ މެކޭނިޒަމާ ވަރަށް ގުޅުން ހުރި ފޯމެޓަކަށް ކަމަށް ދެކޭ ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ. މުޖުތަބާ ވިދާޅުވީ މިހާ ރަނގަޅު ސިސްޓަމެއްގެ ތެރެއިން ދެވުނު އެވޯޑަކީ އެކަމުގެ އިންސާފުވެރި ކަމާއި ދޭތެރޭ ޝައްކެއް ނުވަތަ ސުވާލެއް އުފެދިގެންވާނެ ކަމެއް ކަމުގައި ދެކޭނެ ޖާގައެއް ނެތް ކަމަށެވެ.

 

މުޖުތަބާ ވިދާޅުވީ މި ހުރިހާ ކަމަކަށް ބެލުމަށްފަހު މި ފަހަރު އެވޯޑު ލިބުނު ފަރާތްތަކަކީ އެ އެވޯޑުގެ ހައްގުވެރިން ކަމަށެވެ. އަދި އެންމެ މޮޅު ކޯޗުގެ އެވޯޑު ލިބުނު ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަށް ލިބުނު އެވޯޑަކީ ވެސް ނިޒާމްބެ އަށް ހައްގު އެވޯޑެއް ކަމަށް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް