ކ. މާލެ
|
17 ޖެނުއަރީ 2017 | އަންގާރަ 06:33
ބްރެޒިލްއާ އެކު 2002 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރި ރޮނާލްޑޯނިއޯ: އޭނާ ވަނީ ބާސެލޯނާ އަށް ވެސް ކުޅެފައި
ބްރެޒިލްއާ އެކު 2002 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރި ރޮނާލްޑޯނިއޯ: އޭނާ ވަނީ ބާސެލޯނާ އަށް ވެސް ކުޅެފައި
ގޫގުލް
ރޮނާލްޑީނިއޯ
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރޮނާލްޑީނިއޯ ފެނިގެންދިޔުން އެންމެ ކައިރީ ކޮޕާ ލިބެރޭޝަންސް އަށް ކޮލިފައިވެފައިވާ ކްލަބަކުން

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުންކަމަށް އޭނާގެ އެޖެންޓް ރޮބާޓޯ އެސިސް ބުނެފި އެވެ.

އުރުގުއޭގެ ނޫހެއްކަމަށްވާ އެލް ޕެރިސް އަށް ދިން އިންޓަވިއުއެއްގައި އެސިސް ބުނީ ރޮނާލްޑީނިއޯ އަލުން ފުޓުބޯޅަ ކުޅުމަށް ވިސްނަމުން އަންނަ ކަމަށާއި، އެގޮތުން އޭނާ ފެނިގެންދިއުން އެންމެ ގާތީ ކޮޕާ ލިބެރޭޝަންސް އަށް ކޮލިފައިވެފައިވާ ކްލަބަކަށް ކަމަށެވެ.

ސައުތް ކޮރެއާ އަދި ޖަޕާނުގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގައި ހިމެނޭ ރޮނާލްޑީނިއޯ ލައްވާ 2017 ވަނަ އަހަރު ކުޅުވަން ބާރުއަޅަމުން އަންނަ ކަމަށް ފާހަގަކުރަމުން އެސިސް ބުނީ ރޮނާލްޑީނިއޯ އަށް އިތުރު ގައުމުތައްވެސް ދައްކަން ޖެހޭ ކަމަށާއި، އެގޮތުން އެފުރުސަތުވެސް އޭނާ އަށް ދޭން ބޭނުންވާ ކަމަށެވެ.

ރޮނާލްޑޯ އެންމެ ފަހުން ކުޅެފައިވަނީ ފްލުމެނީސް އަށެވެ. އޭނާ އެ ކްލަބް ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ރޮނާލްޑޯގެ ކެރިޔަރުގައި އޭނާ ވަނީ ޕެރޫ، އިކުއެޑޯ، ގުއަންޓަމާލާ، އެމެރިކާ އަދި ޗައިނާގައި ކުޅެފަ އެވެ. މީގެއިތުރުން އޭނާ ވަނީ އިންޑިއާގެ ފުޓްސަލް މުބާރާތެއްގައިވެސް ބައިވެރިވެ ކުޅެފައެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑީނިއޯ މި އަހަރުގައި ކްލަބަކާ ގުޅޭނެ ކަމަށް ބެލެވޭއިރު، އޭނާ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ބައެއް ކްލަބްތަކުންވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

- ކޮމެންޓް