ކ. މާލެ
|
23 ޖޫން 2018 | ހޮނިހިރު 12:12
އޯޕެކުންވަނީ ތެޔޮ އުފައްދާ މިންވަރު އެއް ޕަސެންޓް އިތުރުކުރަން އެއްބަސްވެފައި
އޯޕެކުންވަނީ ތެޔޮ އުފައްދާ މިންވަރު އެއް ޕަސެންޓް އިތުރުކުރަން އެއްބަސްވެފައި
އަލްޖަޒީރާ
ތެލުގެ ބާޒާރު
ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން އޯޕެކުން އެއްބަސްވެއްޖެ
އިރާގުން ބުނީ އިތުރުކުރެވޭ ހަގީގީ މިންވަރަކީ ދުވާލަކަށް 770،000

ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމްއިއްޔާ، އޯގަނައިޒޭޝަން އޮފް ދި ޕެޓްރޯލިއަމް އެކްސްޕޯޓިނގް ކަންޓްރީސް( އޯޕެކް)ގެ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު އަންނަ އަހަރުންފެށިގެން އިތުރުކުރުމަށް އެއްބަސްވެއްޖެއެވެ.

ހުކުރު ދުވަހު މިފަދަ އެއްބަސްވުމަކަށް ގައުމުތަކުން އައިސްފައި މިވަނީ އަގުދަށްކޮށް އަދި ސަޕްލައި މަދުވިޔަ ނުދިނުމަށް ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ހަފްތާއެއް ވަންދެން މަޝްވަރާތައް ކުރުމަށްފަހުއެވެ.

އޯޕެކްގައި ހިމެނޭ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާއިން ބުނީ މި އެއްބަސްވުމާއިއެކު ބާޒާރަށް ތެޔޮ ނެރެވޭ މިންވަރު އިތުރުވެގެންދަނީ ދުވާލަކަށް 1،000،000 (އެއްމިލިއަން) ފީފާ ނުވަތަ ދުނިޔޭގެ ތެލުގެ ސަޕްލައިގެ އެއް ޕަސެންޓް ކަމަށެވެ.

އިރާގުން ބުނީ އިތުރުކުރެވޭ ހަގީގީ މިންވަރަކީ ދުވާލަކަށް 770،000 (ހަތްލައްކަ ހަތްދިހަ ހާސް) ފީފާ ކަމަށާއި އޭގެ ސަބަބަކީ ތެޔޮ އުފައްދާ މިންވަރު ދަށްވުމުގެ އަސަރުކޮށްފައިވާ ގިނަ ގައުމުތަކުން ފުލް ކޯޓާއާއި ހަމައަށް ގޮސްދާނެތީ ކަމަށެވެ

އޯޕެކްގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމު ކަމަށްވާ އިރާނުންވަނީ ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވާ ގޮވާލެއްވުމަށް އިޖާބަ ނުދެއްވުމަށް މެމްބަރު ގައުމުތަކަށް ގޮވާލައްވާފައެވެ. އީރާނުން ބުނެފައިވަނީ ތެލުގެ އަގު މައްޗަށް ދިއުމުގެ ސަބަބުތަކުގެ ތެރޭގައި އެމެރިކާއިން އިރާނާއި ވެނެޒުއޭލާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން ހިމެނޭކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު ހޮނިހިރު ދުވަހު ހުރީ 69.28 އެމެރިކާ ޑޮލަރަށެވެ.

- ކޮމެންޓް