ކ. މާލެ
|
23 ޖޫން 2018 | ހޮނިހިރު 01:30
ޓީސީގެ ޑޭވްއާއެކު ދަގަނޑޭ އޭނާގެ އައު ކްލަބްގެ ޖާޒީ ހިފަހައްޓާލައިގެން - މިއީ ދަގަނޑޭ ފަސްވަނަ ދިވެހި ކްލަބް
ޓީސީގެ ޑޭވްއާއެކު ދަގަނޑޭ އޭނާގެ އައު ކްލަބްގެ ޖާޒީ ހިފަހައްޓާލައިގެން - މިއީ ދަގަނޑޭ ފަސްވަނަ ދިވެހި ކްލަބް
ޓީސީ ސްޕޯޓްސް ކްލަބް
އަލީ އަޝްފާގު (ދަގަނޑޭ)
ދަގަނޑޭ ޓީސީއާއި ގުޅިއްޖެ
އޭނާ ޓީސީގައި ބޭނުންކުރާނެ ޖާޒީ ނަމްބަރެއް އެނގިފައެއް ނުވޭ
ދަގަނޑޭގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް އޭނާ ވަނީ މިއީ އައު ޗެޕްޓަރެއް ކަމަށް ހާމަކޮށްފައި
މިއީ ދަގަނޑޭ ފަސްވަނަ ދިވެހި ކްލަބް

ރާއްޖޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) ޓީސީ ސްޕޯޓްސް ކްލަބާއި ގުޅިއްޖެއެވެ.

ޓީސީގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް އެޓީމުން ވަނީ ދަގަނޑޭ އެޓީމާއ ގުޅުނުކަން ކަށަވަރުކޮށްދީފައެވެ. އޭނާ ޓީސީގައި ބޭނުންކުރާނެ ޖާޒީ ނަމްބަރެއް އެނގިފައެއް ނުވެއެވެ.

މެދު ސީޒަނުގެ ޓްރާންސްފަރ މާކެޓުގައި ދަގަނޑޭ ޓީސީއަށް ބަދަލުވިއިރު އޭނާ ހުރީ ފްރީ އޭޖެންޓެއްގެ ގޮތުގައެވެ. އެގޮތުން މިދިޔަ ސީޒަނުން ފެށިގެން އޭނާ ކުޅެމުން އައި ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޭނާއާ ދެމެދު ވެފައިވާ އެއްބަސްވުން އެފްއޭއެމްއިން ވަނީ އުވާލާފައެވެ.

ދަގަނޑޭގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް އޭނާ ވަނީ މިއީ އައު ޗެޕްޓަރެއް ކަމަށް ހާމަކޮށްފައެވެ.

އެފްއޭއެމްއިން މި އެއްބަސްވުން އުވާލަން ނިންމީ މުސާރަ ދީފައިނުވާތީ ކޮންޓްރެކްޓް އުވާލަ ދިނުމަށް ދަގަނޑޭ އަމިއްލައަށް އެފްއޭއެމްއަށް މައްސަލަ ހުށަހެޅުމާއި ގުޅިގެންނެވެ. ނިއުއާއެކު ދަގަނޑޭ ހެދީ ތިން މިލިއަން ރުފިޔާގެ އެއްބަސްވުމަކަށްވާއިރު އޭނާއަށް މުސާރައިގެ ގޮތުގައި ދީފައިވަނީ އެ އަދަދުގެ 10 އިންސައްތަ ކަމަށް ދަގަނޑޭ ބުނެފައިވެއެވެ.

މިއީ ދަގަނޑޭ ފަސްވަނަ ދިވެހި ކްލަބަށްވާއިރު ޓީސީއަށް އޭނާ ގުޅުމާއެކު އެޓީމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ. ދަގަނޑޭ ވަނީ މީގެކުރިން ނިއު ރޭޑިއަންޓާއި ކްލަބް ވެލެންސިއާ އަދި ވީބީ ސްޕޯޓްސް ކްލަބްގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވެސް ކުޅެފައެވެ. ދަގަނޑޭ ވަނީ މެލޭޝިއާގެ ޕީޑީއާރްއެމްއަށް ވެސް ކުޅެފައެވެ.

ދަގަނޑޭ އައު ކްލަބަކާއި ގުޅިފައިވާއިރު އޭނާ ތިންވަނަ ފަހަރަށް ނިއު އާއި ގުޅުނީ މިދިޔަ ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި ހިސާބުންނެވެ. މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް އަދި މިއަހަރުގެ މާލޭ ލީގު ނިއުއިން ކާމިޔާބުކުރި އިރު ދަގަނޑޭ މޮޅު ކުޅުމެއް ދެއްކިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް