ކ. މާލެ
|
22 ޖޫން 2018 | ހުކުރު 22:45
ރައީސް ޓްރަމްޕް (ކ) އަދި އުތުރު ކޮރެެއާގެ ލީޑަރު ކިމް ޖޮން އުން
ރައީސް ޓްރަމްޕް (ކ) އަދި އުތުރު ކޮރެެއާގެ ލީޑަރު ކިމް ޖޮން އުން
އޭއެފްޕީ
އުތުރު ކޮރެއާ - އެމެރިކާ
އުތުރުު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ގެންގުޅެ އޭގެ ބޭނުންކުުރުން ހުއްޓާލުމުގެ މަސައްކަތް ފަށައިފި: ރައީސް ޓްރަމްޕް
ރައީސް ޓްރަމްޕް މިހެން ބުރާސްފަތި ދުވަހު ވިދާޅުވިއިރު ބުދަ ދުވަހު އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ވިދާޅުވީ މުޅިން ތަފާތު ބަސްފުޅެއް

އުތުރުު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ގެންގުޅެ އޭގެ ބޭނުންކުުރުން ހުއްޓާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ. 

މީޑިއާ އަށް ހުޅުވާލެވިގެން ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ "އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ގެންގުޅެ އޭގެ ބޭނުންކުރުން ހުއްޓާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެންމެ ބޮޑު ކަމަކީ އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުން އެކީ ހުއްޓާލާނެކަން ކަމަށެވެ." ރައީސް ޓްރަމްޕް ވިދާޅުވީ އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރާ ގުޅޭ އެންމެ ބޮޑު ހަތަރު ޓެސްޓް ސައިޓުތަކުގެ ތެރެއިން އެއް ޓެސްޓް ސައިޓު މިހާރުވެސް ގޮއްވާލައިގެން ހަލާކުކޮށްލާފައިވާ ކަމަށެވެ. ރައީސް ޓްރަމްޕް މިހެން ވިދާޅުވިއިރު ބުދަ ދުވަހު އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ވިދާޅުވީ އުތުރު ކޮރެއާ އިން ކުރިއަށްގެންދާ ނިއުކްލިއަރ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށް އެއްވެސް ކަހަލަ ފިޔަވަޅެއް، އުތުރު ކޮރެއާ އިން މިހާތަނަށް އެޅި ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެމެރިކާގެ ޕެންޓަގަންގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މެެޓިސް ވިދާޅުވީ އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ޕްރޮގްރާމް ހުއްޓާލުމަށް އެއްވެސް ކަމެއް ކުރާކަން އެމަނިކުފާނަށް "އެނގިވަޑައިގެންފައި ނުވާ" ކަމަށެވެ. އަދި އެކަމާ ގުޅޭ ތަފްސީލީ މަޝްވަރާއެއް ވެސް ކުރަމުން ނުދާ ކަމަށެވެ.

މެޓިސް މިހެން ވިދާޅުވި އިރު ޖޫން 12 ގައި ސިންގަޕޫރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ގެ ބައްދަލުވުމަށް ފަހު އެމެރިކާގެ ރައީސް ވިދާޅުވެފައި ވަނީ ނިއުކްލިއަރ ހަތިޔާރާ ގުޅޭ ޓެސްޓް ސައިޓެއް ނައްތާލުމުގެ މަސައްކަތް އުތުރު ކޮރެއާ އިން ފަށާފައިވާ ކަމަށް ނުވަތަ އުތުރު ކޮރެއާގެ ލީޑަރު އެނބުރި ގައުމަށް ވަޑައިގަތްހާ އަވަހަކަށް އެކަން ކުރައްވާނެ ކަމަށެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބައްދަލުވުން އެންމެ ބޮޑު ކަމަކަށް ފާހަގަވެގެން ދިޔަ ކަމަކީ އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ހާއްސަ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއި ކުރެއްވުން ކަމަށްވާއިރު، އެ އެއްބަސްވުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ ދެ ގައުމުގެ ވެރިން ސޮއިކުރެއްވި އެއްބަސްވަމަކީ ވަރަށް "ރަނގަޅު އެއްބަސްވުމެއް" ކަމަށެވެ. ދެ ގައުމުގެ ވެރިން ސޮއިކުރެއްވި މި އެއްބަސްވުމުގައި، ދެކޮރެއާ ސަރަހައްދު ނިއުކްލިއަރ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުުުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލަމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރުކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައިވެއެވެ. 

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާ އަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަގުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް