ކ. މާލެ
|
22 ޖޫން 2018 | ހުކުރު 17:10
ރައީސް ޓްރަމްޕް (ކ) އަދި ރަޝިއާގެ ރައީސް ޕޫޓިން
ރައީސް ޓްރަމްޕް (ކ) އަދި ރަޝިއާގެ ރައީސް ޕޫޓިން
ދި ގާޑިއަން
ރަޝިއާ - އެމެރިކާ
ޖުލައި މަހު ރަޝިއާގެ ރައީސް ވްލާޑްމިއަރ ޕޫޓިން އާއި ބައްދަލުކުރައްވަން ޝައުގުވެރިވަން: ރައީސް ޓްރަމްޕް
މީގެ ކުރިން ބައިނަލްއަގްވާމީ އެކި ސަމިޓުތަކުގެ ހަވާސާގައި ދެފަހަކު ދެގައުމުގެ ވެރިން ބައްދަލު ކުރެއްވި

މިއަންނަ ޖުލައި މަހު ރަޝިއާގެ ރައީސް ވްލާޑްމިއަރ ޕުޓިން އާއި ބައްދަލުކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. 

ނޫސްވެރިން ރައީސް ޓްރަމްޕް އަރިހު، ޖުލައި މަހު ވްލާޑްމިއަރ ޕޫޓިން އާއެކު ބައްދަލުވަމަކަށް ތައްޔާރުވެވަޑައިގަންނަވަންތޯ އެއްސެވުމުން އޭގެ ޖަވާބުގައި ރައީސް ޓްރަމްޕް ވިދާޅުވީ "އެކަން އެގޮތަށް ކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ."

ރައީސް ޓްރަމްޕް މިހެން ވިދާވިއިރު، ބުރާސްފަތި ދުވަހު އެމެރިކާގެ ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ އެމެރިކާގެ ނެޝެނަލް ސެކިޔުރިޓީ އެޑްވަައިޒާ ޖޯން ބޯލްޓަން މިއަންނަ ހަފްތާގައި ރައީސް ޓްރަމްޕް އާއި ރައީސް ޕޫޓިންގެ ބައްދަލުވުމުގެ ތައްޔާރީތަކާ ބެހޭގޮތުން މަޝްވަރާ ކުރުުމަށް ރަޝިއާގެ ވެރިރަށް މޮސްކޯއަށް ވަޑައިގަންނަވާނެ ކަަމަށެވެ. މަޝްވަރާތަކާ ބެހޭ އިސް އޮފިޝަލަކު މީޑިއާތަކަށް ވިދާޅުވީ އަހަރަކު އެއްފަހަރު ބާއްވާ ނޭޓޯ ސަމިޓު މިއަހަރު ޖުލައި 11 އަދި 12 ގައި އޮންނައިރު، ރަޝިއާ އާއި އެމެރިކާގެ ވެރިން އެ ސަމިޓުގެ ކުރިން ނުވަތަ ފަހުން ބައްދަލު ކުރައްވާނެ ކަމަށެވެ. 

ރަޝިއާ އާއި އެމެރިކާގެ ގުޅުންތައް ރަނގަޅުކުރަން ޓްރަމްޕް ކުރައްވާ މަސައްކަތްތަކަށް އެޅިފައިވާ ހުރަހަކީ އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެވޭ މައްސަލަ ކަމަށްވާއިރު، އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ވިދާޅުވަމުން ގެންދަވަނީ 2016 ގައި އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބަށް ރަޝިއާ އިން ނުފޫޒު ފޯރުވި ކަމަށާއި އެގޮތުން ނުފޫޒު ފޯރުވައި އިންތިޚާބު ރައީސް ޓްރަމްޕް އަށް ކާމިޔާބުކޮށްދެއްވުމަށް ރަޝިއާ އިން މަސައްކަތްކުރި ކަމަށެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން ދެބޭފުޅުން ރަސްމީ ސިފައެއްގައި ބައްދަލުކުރައްވާފައިނުވާއިރު، ދެބޭފެޅުން ބައިނަލްއަގްވާމީ އެކި ސަމިޓުތަކުގެ ހަވާސާގައި ދެފަރަހަކު ބައްދަލު ކުރައްވާފައިވެއެވެ. 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް