ކ. މާލެ
|
22 ޖޫން 2018 | ހުކުރު 14:49
އެމެރިކާގެ ރައީސް ޓްރަމްޕް: ގަވާއިދާ ޚިލާފަށް ހިޖުރަކުރާ އާއިލާތަކާއި އެ އާއިލާތަކުގެ ކުޑަކުދިން ވަކިކުރުމުގެ ސިޔާސަތު ރައީސް ޓްރަމްޕް ކަނޑައެޅުއްވުމުން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވ
އެމެރިކާގެ ރައީސް ޓްރަމްޕް: ގަވާއިދާ ޚިލާފަށް ހިޖުރަކުރާ އާއިލާތަކާއި އެ އާއިލާތަކުގެ ކުޑަކުދިން ވަކިކުރުމުގެ ސިޔާސަތު ރައީސް ޓްރަމްޕް ކަނޑައެޅުއްވުމުން އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވ
ގޫގުލް
އެމެރިކާ
އެމެރިކާ އަށް ހިޖުރަ ކުރާ ކުޑަކުދިންގެ ތެރެއިން 20،000 ކުޑަކުދިންނަށް އަސްކަރީ ބޭސްތަކުގައި ބޯހިޔާވަހިކަން ދެނީ: ޕެންޓަގަން
އެމެރިކާއަށް ހިޖުރަކުރާ އާއިލާތައް ދެތަން ކުރުމުގެ ސިޔާސަތު ރައީސް ޓްރަމްޕް ވަނީ އެމަނިކުފާނުގެ ރިޔާސީ ގަރާރަކުން ނިމުމަކަށް ގެނެސްފައި

އެމެރިކާ އަށް ގަވާއިދާ ޚިލާފަށް ހިޖުރަކުރާ ކުޑަކުދިންގެ ތެރެއިން 20،000 ކުޑަކުދިންނަށް ބޯހިޔާވަހިކަން ދިނުމަށްޓަކައި ހަތަރު އަސްކަރީ ބޭހެއްގައި އެކުދިން ބޭތިއްބުމުގެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް އެމެރިކާގެ ޕެންޓަގަންގެ ތަރުޖަމާނު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ. 

ބޯޑަރު ހުރަސްކޮށް އެމެރިކާ އަށް ގަވާއިދާ ޚިލާފަށް ވަންނަ ފަރާތްތަކުގެ ތެރެއިން ކުޑަ ކުދިންނާއި އެ ކުދިންގެ މައިންބަފައިން ވަކިކުރުމުގެ ސިޔާސަތެއް ކަނޑައެޅުއްވުމަށް ފަހު އެ ސިޔާސަތު ކުރިއަށް ނުގެންދަން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިންމަވާފައެވެ. އާއިލާތައް ދެ ތަން ކުރުމުގެ ސިޔާސަތަށް ޓްރަމްޕް ނިމުން ގެންނަވާފައި މި ވަނީ ބައިނަލްއަގުވާމީ ގޮތުން ކުރިމަތި ކުރަމުން ދިޔަ ޕްރެޝަރާ ގުޅިގެން ކަމަށްވާއިރު، ޕެންޓަގަންގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް މިޝޭލް ވިދާޅުވީ އެމެރިކާ އަށް ހިޖުރަ ކުރާ ކުޑަކުދިންގެ ތެރެއިން 20،000 ކުޑަކުދިންނަށް ބޯހިޔާވަހިކަން ދިނުމަށްޓަކައި އެނދުތައް ބަހައްޓާނީ ޓެކްސަސް އަދި އާކަންސޯ ސްޓޭޓުގައި ކަމަށެވެ. 

އެެމެރިކާގެ ޕެންޓަގަންގެ ތަރުޖަމާނު މިހެން ވިދާޅުވިއިރު، އެމެރިކާގެ ބައެއް ފެޑެރަލް އެޖެންސީތަކުން، ހިޖުރަކުރާ ކުޑަކުދިންނާ މެދު އަމަލުކުރާނެ ގޮތާ ބެހޭ ގޮތުން ބުނަމުންދަނީ އެކިފަހަަރު އެކި ވާހަކަތައް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އަސްކަރީ ބޭސްތަކުގައި ބޯހިޔާވަހިކަން ދޭނީ ކޮންބަޔަކަށްތޯ އާއި އަދި ބޯހިޔާވަހިކަން ބޭނުންކުރާނީ ކޮންގޮތަކަށްތޯއާ މެދު އެކި ފެޑެރަލް އެޖެންސީތަކުން ވިދާޅުވަމުންދަނީ އެކި ވާހަކަތަކެވެ.  

އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން ބުނެފައި ވަނީ މެއި 5 އާއި ޖޫން 9 އާ ދެމެދު 2،206 ބެލެނިވެރިންގެ 2،342 ކުދިން ވަކިކޮށްފައިވާ ކަމަށެވެ. އެމެރިކާއަށް ހިޖުރަކުރާ އާއިލާތައް ދެތަން ކުރުމުގެ ސިޔާސަތު ނިމުމަކަށް ގެނައި ގަރާރުގައި ސޮއި ކުރައްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ އާއިލާތައް ވަކިވާން އެމަނިކުފާން ބޭނުން ނުވާ ކަމަށާއި ނަމަވެސް ބޯޑަރު ހުރަސްކޮށް އެމެރިކާ އަށް ގަވާއިދާ ޚިލާފަށް ވަންނަން އުޅޭ މީހުންނަށް ދައުވާ ކުރަން ކުރިއަށް ގެންދާ "ޒީރޯ ޓޮލެރަންސް ސިޔާސަތު" ދަމަހައްޓަވާނެ ކަމަށެވެ. 

އެމެރިކާ އަށް ހިޖުރަ ކުރާ ކުޑަކުދިންގެ ތެރެއިން 20،000 ކުޑަކުދިންނަށް ބޯހިޔާވަހިކަން ދިނުމަށްޓަކައި ހަތަރު އަސްކަރީ ބޭހެއްގައި އެކުދިން ބޭތިއްބުމުގެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް ޕެންޓަގަން އިން ބުރާސްފަތި ދުވަހު ވިދާޅުވިއިރު، އެކުދިންނާ އެކު އެކުދިންގެ ބެލެނެވެރިންނަށް ބޯހިޔާވަހިކަން ދޭނެ ކަމެއް އަދި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް