ކ. މާލެ
|
21 ޖޫން 2018 | ބުރާސްފަތި 18:30
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ އިމާރާތުން މީހަކު ނުކުންނަނީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ އިމާރާތުން މީހަކު ނުކުންނަނީ
އަޒުމޫން އަހުމަދު
ޓެކްސް ފައިސާ ދެއްކުން
ބީޕީޓީ ފައިނަލް ޕޭމެންޓް ދެއްކުމުގެ ސުންގަޑިއަށް ސަމާލުވުމަށް އަންގައިފި
01 ޖުލައި 2018 އަށް ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ބަޔާން ހުށަހަޅަން ޖެހޭނެ
ކުންފުނިތަކުން އެއްވެސް ވިޔަފާރިއެއް ނުކުރި ކަމުގައި ވީ ނަމަވެސް ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭނެ

ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން 2017 ވަނަ އަހަރުގެ ބީޕީޓީ ބަޔާން ހުށަހަޅައި ބީޕީޓީގެ ފައިނަލް ޕޭމެންޓް ދެއްކުމުގެ ސުންގަޑިއަށް ސަމާލުވެ، ކަނޑައެޅިފައިވާ ތާރީހުގެ ކުރިން ހުށަހެޅުމަށް ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ބުނެފިއެވެ.

 މީރާ އިން ބުނި ގޮތުގައި 01 ޖުލައި 2018 އަށް ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ބީޕީޓީ ދައްކަން ޖެހޭނީ 2017 ވަނަ އަހަރު ލިބުނު ޖުމްލަ އާމްދަނީ އެއް މިލިއަން ރުފިޔާ އަށް އެރުމުންނެވެ.

އަމިއްލަ ފަރުދުންގެ ތެރެއިން ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭނީ އެފަރާތްތަކަށް 2017 ވަނަ އަހަރު ލިބުނު ޖުމްލަ އާމްދަނީ އެއް މިލިއަން ރުފިޔާއަށް އެރުމުންނެވެ. މީގެ އިތުރުން 2017 ވަނަ އަހަރު ލިބުނު ޓެކްސް ބިނާ ކުރެވޭ ފައިދާ ފަސް ލައްކަ އަށް އަރަން ޖެހެއެވެ.

މި ދެ ޝަރުތުން ކުރެ ޝަރުތެއް ހަމަވި ނަމަވެސް ކުންފުނިތަކުން އެއްވެސް ވިޔަފާރިއެއް ނުކުރިޔަސް ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް މީރާ އިން މައުލޫމާތުދިނެވެ.

މީގެ އިތުރުން ކުންފުނިތަކުން އެއްވެސް ވިޔަފާރި އެއް ނުކުރި ކަމުގައި ވީ ނަމަވެސް ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުގެ ތެރެއިން 10 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާ ފަރާތްތައް އެ ފަރާތެއްގެ މާލީ ހިސާބުތައް އޮޑިޓްކޮށް އޮޑީޓަރުގެ ރިޕޯޓް ހުށަހަޅަންޖެހޭ ކަމަށް މީރާ އިން މައުލޫމާތުދެއެވެ. ނަމަވެސް ޖުމްލަ އާމްދަނީ 10 މިލިއަން ރުފިޔާއަށް ނާރާ އަމިއްލަ ފަރުދުންނާއި ޕާޓްނަރޝިޕްތަކާއި ކުންފުނިތަކުން އެ ފަރާތެއްގެ މާލީ ހިސާބުތައް އޮޑިޓްކުރާކަން ނުޖެހެނޭ ކަމަށް އެކުންފުނިން ބުނެއެވެ.

ބީޕީޓީ ބަޔާން ހުށަހަޅައި ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން އަހަރެއްގެ މައްޗަށް 10 މިލިއަން ރުފިޔާ ނުވަތަ އެ އަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން 01 ޖޫންގެ ފަހުން ހުށަހަޅާ ބީޕީޓީ ބަޔާން ހުށަހަޅަންޖެހޭނީ މީރާ ކަނެކްޓް މެދުވެރިކޮށެވެ. އަދި ބަޔާން ހުށަހަޅާ ހުރިހާ ފަރާތްތަކުން ވެސް ހުށަހަޅަން ޖެހޭނީ ބީޕީޓީ ބަޔާނުގެ ވަރޝަން 18.1 އެވެ.

ބީޕީޓީއަކީ ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ކުރާ އެންމެހާ ވިޔަފާރިތަކުގެ ފައިދާ އިން ނެގޭ ޓެކުހެކެވެ. މި ގާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ 2011 ވަނަ އަަހަރުން ފެށިގެންނެވެ.

ބީޕީޓީގެ ގޮތުގައި ކުންފުނިތަކާއި ޕާޓްނަރޝިޕްތައް އަދި އެހެނިހެން ފަރާތްތައް 15 އިންސައްތަ ދައްކަން ޖެހެއެވެ. ދިވެހިރާއްޖެ އިން ބޭރުން ލިބޭ ފައިދާ އިން 5 އިންސައްތަ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި 10 އިންސައްތަ ދައްކަން ޖެހެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް