ކ. މާލެ
|
16 ޖެނުއަރީ 2017 | ހޯމަ 20:52
ނިއުގެ ޕްރީ ސީޒަން އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ނިއުގެ ޗެއާމަން ޒިޔާދު ވާހަކަ ދައްކަވަނީ
ނިއުގެ ޕްރީ ސީޒަން އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ނިއުގެ ޗެއާމަން ޒިޔާދު ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
 
ނިއުރޭޑިއަންޓް ވަނީ ސުމަކުން ފަށާ އަލުން ބިނާކޮށްފައި: ޒިޔާދު

ކިތަންމެ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ރާއްޖޭގެ ފުޓުބޯޅައިގެ ރަސްގެފާނުގެ މަގާމުގައި ނިއުރޭޑިއަންޓް ބާއްވަދޭނެ ކަމަށް އެ ކްލަބުގެ ޗެއާމަން ކާނަލް ޒިޔާދު ވިދާޅުވެއްޖެ އެވެ.

އެ ކްލަބްގެ ޕްރީ ސީޒަން ލޯންޗް ކުރުމަށް ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، އޭނާ މިދިޔަ ދެ ހަފްތާއެއްހާ ދުވަސްކުރިން ކްލަބާ ހަވާލުވިއިރު، ކްލަބް އޮތީ ވަރަށް ނުބައި ހާލަތެއްގައި ކަމަށާއި، ރަނގަޅު ކުޅުންތެރިންވެސް ޓީމުގައި ނެތް ކަމަށެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވީ ސުމަކުން ފަށައިގެން އަލުން ޓީމު ބިނާކޮށްފައިވާ ކަމަށާއި، ސާމާނުވެސް ހޯދާފައިވާ ކަމަށެވެ. އެގޮތުން ދިމާވާ ހުރިހާ ގޮންޖެހުންތަކާއެކުވެސް ފުޓުބޯޅައިގެ ރަސްގެފާނުގެ މަގާމުގައި ނިއު ރޭޑިއަންޓް ބެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށްވެސް ޒިޔާދު ވަނީ ވިދާޅުވެފައެވެ.

ޒިޔާދު ވިދާޅުވީ ނިއު ރޭޑިއަންޓްގެ އެކްޝަން ޕްލޭންއެއް އެބައޮތް ކަމަށާއި، ލޯންގް ޓާމް ޕްލޭނެއް ވެސް އެބަ އޮތް ކަމަށެވެ. އެގޮތުން ދައުރު ހަމަވަންދެން ތަންފީޒްވާވަރުގެ ކަންތައްތައް ލޯންގް ޓާމް ޕްލޭންގައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނިއުގެ އާ ބޯޑުގެ މުއްދަތު ހަމަވާނީ 2021 ވަނަ އަހަރެވެ.

ނިއު އިން އަންނަނީ ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމަށް އެޓީމުގެ ފޭން ކްލަބްވެސް ވަރުގަދަކުރަމުންނެވެ. އެގޮތުން ނިއުރޭޑިއަންޓް ޔޫނިއަން ނަމުގައި ކުރިންވެސް އޮންނަ ޖަމިއްޔާ އަލުން ވުޖޫދަށް ގެނެސް އެ ޖަމިއްޔާ އެކްޓިވްކޮށް ސަޕޯޓަރުންނަށް ހާއްސަ ކެފޭއެއް ވެސް ވަނީ ހުޅުވާފައެވެ. މީގެއިތުރުން ސަޕޯޓަރުންނަށް ހާއްސަ ޖިމެއްވެސް ހުޅުވުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

ނިއުގެ އާ ބޯޑުން ގިނަ ހަރަދުތަކެއް ރެކޯޑް ބަޖެޓަކާއެކު ކުރަމުން އަންނަ އިރު، އެޓީމުން އަންނަނީ ރެވެނިއު ވެއްދޭނެ ތަފާތު ދޮރުތައްވެސް ބަލަމުންނެވެ. އެގޮތުން ޖޯޒީ އަދި މާޗެންޑައިޒް އެއްޗެހި ވިއްކޭނެ ގޮތްތައްވެސް އެކްލަބުން އަންނަނީ ބަލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް