ކ. މާލެ
|
21 ޖޫން 2018 | ބުރާސްފަތި 04:34
20 ޖޫން 2018 ވަނަ ދުވަހު އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މައިގްރޭޝަން ޕޮލިސީގެ ގަރާރުގައި ސޮއިކުރެއްވުމަށްފަހު
20 ޖޫން 2018 ވަނަ ދުވަހު އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މައިގްރޭޝަން ޕޮލިސީގެ ގަރާރުގައި ސޮއިކުރެއްވުމަށްފަހު
ބީބީސީ
ރެފިއުޖީންގެ މައްސަލަ
އާއިލާތަކާއި ކުދިން ވަކިވާގޮތަށް ނެރުއްވި ސިޔާސަތު ޓްރަމްޕް އަނބުރާ ގެންދަވައިފި
އެތައް ކުދިންނެއް އާއިލާތަކާއި ވަކިވެފައިވޭ
މި ފަހަރުގެ ނިންމެވުން ތަންފީޒުކުރައްވާނީ ކޮންއިރަކުންކަމެއް ސާފެއްނުވޭ

ރައްޔިތުންގެ ޕްރެޝަރަށް ބޯލަންބަވައި ރެފިއުޖީ އާއިލާތައް ބަންދުކުރެވޭއިރު އާއިލާތަކާއި ކުޑަކުދިން އެކުގައި ބައިތިއްބާނެކަމަށް ވައުދުވެ ވަޑައިގެން އެމެރިކާގެ ރައީސް ރިޔާސީ އައު ގަރާރެއްގައި ސޮއިކުރައްވައިިފިއެެވެ.

ލިޔެކިއުން ނެތް ރެފިއުޖީންގެ އާއިލާތަކާއި ކުޑަކުދިން ވަކިކުރެވޭގޮތަށް ރައީސް ޓްރަމްޕް އަމިއްލަފުޅަށް ނެރުއްވި ސިޔާސަތު ބަދަލުކުރެއްވީ ބައިނަލްއަގްވާމީ ފަރާތްތަކުގެ ފާޑުކިޔުންތަކާއިވެސް އެކުގައެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ، އެމަނިކުފާނުގެ ނިންމުމާއިމެދު ފަހަތަށް ޖެހިވަޑައިގަންނަވަން މަޖުބޫރުވެވަޑައިގެންނެވީ ޤަވާއިދާ ޚިލާފަށް ސަރަހައްދީ ރޮނގު ހުރަސްކޮށް އެމެރިކާއަށް ވަތް ރެފިއުޖީންގެ އާއިލާތަކާއި އެމީހުންގެ ކުދިން ވަކިކުރެވިގެން ބަންދުކޮށް ދައުވާ ކުރެވޭ މަންޒަރުތައް ފެނިވަޑައިގެންކަމަށެވެ.

ރައީސް ޓްރަމްޕްގެ މި ފަހަރުގެ ނިންމެވުން ތަންފީޒުކުރައްވާނީ ކޮންއިރަކުންކަމެއް އަދި ސާފެއް ނުވެއެވެ.

"މިކަން މިއޮތީ އާއިލާތަށް އެކީގައި ތިބެވޭނެ ގޮތަކަށް" ސޮއިކުރެއްވުމަށް ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕް ވިދާޅުވިއެވެ.

"އަޅުގަނޑު ބަލާހިތެއް ނުވޭ އާއިލާތަށް ވަކިވާ މަންޒަރު" ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ ގަވައިދާ ޚިލާފަށް އެގައުމަށް ވަންނަ ފަރާތްތަކާއިމެދު ދައުވާ ކުރުމުގައި ގެންގުޅުއްވާނީ ޒީރޯ ޓޮލެރަންްސް ކަމަށެވެ.

ރައީސް ޓްރަމްޕް މިފަހަރު ނެރުއްވި ގަރާރުގައި ވާގޮތުން ގަވައިދާ ޚިލާފަށް އެގައުމަށް ވަންނަ އާއިލާތަށް ބަންދުކުރެވޭނީ ހުރިހާ މެމްބަރުން އެކީގައެވެ.

ލިޔެކިއުންނެތް ރެފިއުޖީން ގެ އާއިލާތަކާއި ކުޑަކުދިން ވަކިކުރެވޭގޮތަށް ރައީސް ޓްރަމްޕް ނެރުއްވި ގަރާރު ބަދަލުކުރައްވާފައި މިވަނީ އެ ނިންމެވުން ބަދަލުކުރެއްވުމަށް އަނބިކަނބަލުން މެލަނިއާ ޓްރަމްޕް އަދި އަންހެން ދަރިކަނބަލުން އިވަންކާ ޓްރަމްޕްވެސް ގޮވާލައްވާފައި ވަނިކޮށެވެ. ރައީސް ޓްރަމްޕްވަނީ އެ ދެކަނބަލުންވެސް ކުދިންނާއި އާއިލާތަށް ވަކިނުވާނެގޮތަށް ސިޔާސަތު ބަދަލުކުރެއްވުމަށް ފިއްތުންތައް ކުރިމަތިކުރެއްވިކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް