ކ. މާލެ
|
20 ޖޫން 2018 | ބުދަ 14:46
ޕްރޮވިންސްގެ ޓޮބާ ކޯރަށް އަޑިއަށްދިޔަ ފެރީ އިން ދަތުރުރުކުރި މީހުން ހޯދުމުގެ މަސައްކަތްކުރަނީ
ޕްރޮވިންސްގެ ޓޮބާ ކޯރަށް އަޑިއަށްދިޔަ ފެރީ އިން ދަތުރުރުކުރި މީހުން ހޯދުމުގެ މަސައްކަތްކުރަނީ
އޭބީސީ ނިއުސް
އިންޑޮނީޝިއާ
އިންޑޮނީޝިއާގެ ފެރީއެއް ބަންޑުންޖަހާލައި މަދުވެގެން 166 މީހުން ގެއްލިއްޖެ
ދިރިހުއްޓައި މިހާތަނަށް ފެނުނީ 18 މީހުން
ބުދަ ދުވަހު ހެނދުނު ދެ މީހެއް ހަށިގަނޑު ކޯރުން ނަގާފައިވޭ

އިންޑޮނީޝިއާގެ ސުމާޓްރާ ޕްރޮވިންސްގެ ޓޮބާ ކޯރުގައި ފެރީއެއް ބަންޑުންޖަހާލައި މަދުވެގެން 166 މީހުން ގެއްލިފައި ވާކަމަށް އެ ގައުމުގެ އޮފިޝަލުން ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ މެންދުރު ފަހު ފެރީ އަޑިއަށް ގޮސްފައި ވަނީ މޫސުން ގޯސްވެ ދެ މީޓަރުގެ އުސް ރާޅުތަކުގައި ޖެހިފައެވެ.

ލަކުޑިން ބަނދެފައިވާ މި ފެރީން ދަތުރުކުރި މީހުންގެ ލިސްޓެއް ފެރީ އޮޕަރޭޓްކުރާ ފަރާތްތަކުގެ އަތުގައި ނެތްއިރު ފެރީން ދަތުރުކުރި މީހުން އަދަދު ކުރުމުގައި އޮފިޝަލުން ބަރޯސާ ވަނީ ދަތުރުކުރި މީހުންގެ އާއިލާތަކަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ފެރީއަކީ ގަވާއިދާ ޚިލާފަށް އޮޕަރޭޓްކުރަމުންދާ ފެރީއެކެވެ.

ޑިޒާސްޓަރ އޭޖެންސީގެ ވެރިޔާ މަހްލަރ ޓަމްބާ ޑިޕީއޭ ނިއުސް އޭޖެންސީގައި ވިދާޅުވެފައި ވަނީ މީހުން ހޯދުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ކޯރުގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ބުދަ ދުވަހުގެ ހެނދުނު ފެނިފައިވާ ކަމަށާއި އަދަދު އިތުރުވަމުން ދާކަމަށެވެ.

އޭގެ ކުރިން 18 މީހަކު ދިރިހުއްޓައި ވަނީ ސަލާމަތްކޮށްފައެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި 350 އެއްހާ މީހުން މަސައްކަތް ކުރަމުންދެއެވެ.

މަހްލަރ ވިދާޅުވީ ގެއްލިގެން ހޯދަމުންދާ 166 މީހުންގެ ލިސްޓް އެކުލަވާލާފައި ވަނީ ބޯޓް ދަތުރުކުރަމުންދިޔަ ސިމަލުންގުން ޑިސްޓްރިކްޓްގެ ޓައިގްރަސްގައި ތިބި އާއިލާތަކާއި ބޯޓްފުރި ސިމަނިންޑޯގައި ތިބި އާއިލާތަކުން ރިޕޯޓްކުރި މައުލޫމާތައް ބަލައިގެން ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް