ކ. މާލެ
|
20 ޖޫން 2018 | ބުދަ 17:49
އާންމުން ވަނީ އެ މީހުންގެ އަޑު އިއްވަން ހިނގާފައި ގޮސް ކާބުލްއާ ހަމައަށް ގޮސްފައި
އާންމުން ވަނީ އެ މީހުންގެ އަޑު އިއްވަން ހިނގާފައި ގޮސް ކާބުލްއާ ހަމައަށް ގޮސްފައި
ރޮއިޓަރސް
އަފްޣާނިސްތާން ހަނގުރާމަ
އަފްޣާނިސްތާނުގެ ދާޚިލީ ހަނގުރާމަ ހުއްޓާލުމަށް އާންމުން އެދެނީ!
އާންމުން ވަނީ އައްވަށް ނިކުމެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައި
ހަނގުރާމައިގައި ނުކުޅެދުންތެރިވީ މީހުންވެސް މަގު މައްޗަށް ނިކުތް
ދެ ބައިމީހުންވެސް ދާޚިލީ ހަނގުރާމަ ކުރާކަށް ބޭނުމެއް ނުވޭ

އަފްޣާނިސްތާނުގައި ސަރުކާރާއި ތާލިބާނުންނާއި ދެމެދު ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އެތައް ސަތޭކަ ބަޔަކު ހޯމަ ދުވަހުގެ ހެދުނު އިހުތިޖާޖު ކޮށްފިއެވެ. 

އިހްތިޖާޖު ކުރި ޖަމާއަތުގައި ހިމެނޭ މީހުން ބުނީ ތާލިބާނުގެ ކޮންޓްރޯލް ދަށުގައި ހުރި ސަރަހައްދުތަކުގެ މީހުން ވެސް އަދި ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ސިފައިން ވެސް ހަނގުރާމަ ކޮށްކޮށް ވަރުބަލި ވެފައިވާ ކަމަށާއި މިހާރު އެ މީހުން ވެސް ހަގީގަތުގައި ބޭނުން ވަނީ ހަނގުރާމަ ހުއްޓާލުމަށް ކަމަށެވެ.

އެ ހިނގާލުމުގައި ބައިވެރިވި މެޑިކަލް ކޮލެޖްގެ ދަރިވަރެއް ބުނީ ތާލިބާނުން އީދު ދުވަހު އެ ގައުމުގެ ތަންތަނަށް ގޮސް، ރައްޔިތުންނާ އެއްކޮށް ވަގުތު ހޭދަކޮށްލުމުގެ ސަބަބުން، ހީވެސް ނުކުރާހާ ގިނަ މައުލޫމާތުތައް އެނގި، ވަރަށް ގިނަ އެއްޗެއްހި ދަސްވެފައިވާ ކަމަށެވެ.

މި ހިނގާލުމުގައި ތާލިބާނުނާއި ސަރުކާރާއި ދެމެދު ކުރަމުންގެންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވިއިރު، މި ހިނގާލުން ފެށުނީ އީދު ދުވަހުގެ އުފާ ތާލިބާނުންނާއި އަފްޣާނިސްތާނުގެ ރައްޔިތުންގެ އިތުރުން އެގައުމުގެ ސިފައިން ގުޅި ލާމެހިގެން އުފާފާޅުކުރަމުން ދަނިކޮށް ގޮއްވާލި ކާރު ބޮމެއްގެ ސަބަބުން އެތައް ބަޔަކު މަރުވުމާއި ގުޅިގެންނެވެ. ބެލެވޭ ގޮތުގައި އެ ހާދިސާގައި 23 މީހުން މަރުވެ 14 މީހުން ވަނީ ޒަޚަމްވެފައެވެ. ތާލިބާނުން ވަނީ އެއީ އެމީހުން ކުރި ކަމެއް ނޫން ކަމަށް ވަގުތުން ބުނެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ހަމަލާގެ ޒިންމާ އުފުލާފައި ވަނީ އައިސިސް އިންނެވެ.

މިފަހަރުގެ ހިނގާލުމުގައި ހަނގުރާމައިގެ ސަބަބުން ނުކުޅުދުންތެރިކަން ލިބިފައިވާ މީހުންވެސް ވަނީ ބައިވެރި ވެފައިވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ހިނގާލުމުގައި ބައިވެރިވި މީހުންގެ އަދަދު ކުރިއާ އަޅާބަލާއިރު މަދު ކަމަށް ފާހަގަ ކުރެވޭ ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި އަފްޣާނިސްތާނުގެ މަގުތައް މިކަހަލަ ހިނގާލުން ތަކުގައި އެކު އެކީގައި ފުރިގެންދާނެ ކަމަށް ހިނގާލުމުގައި ބައިވެރިވި މީހުންނާއި ހަވާލާދީ ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް