ކ. މާލެ
|
19 ޖޫން 2018 | އަންގާރަ 18:33
ޓޫރިސްޓުންގެ އަދަދު 0.6 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް ތަފާސް ހިސާބުތަކުން ދައްކާ
ޓޫރިސްޓުންގެ އަދަދު 0.6 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް ތަފާސް ހިސާބުތަކުން ދައްކާ
އަޒުމޫން އަހުމަދު
ޓޫރިޒަމް ތަފާސް ހިސާބު
މިދިޔަ މަހު ޓޫރިސްޓުން އައި މިންވަރުވެސް ދަށަށް
މިދިޔަ މޭމަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 92913 ފަތުރުވެރިން ޒިޔާރަތްކުރި

މިދިޔަ މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 0.6 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ މޭމަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 92913 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 93491 މީހުންނާ އަޅާބަލާއިރު 0.6 އިންސައްތަ ދަށް އަދަދެކެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން އެޕްރީލް މަހުވެސް ޓޫރިސްޓުން އައި މިންވަރު ވަނީ ދަށްވެފަ އެވެ. އެޕްރީލް މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އެޕްރީލް މަހު ރާއްޖެއަށް 119713 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. 

މޭމަހު މަހު އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކަށް ބަލާއިރު ޗައިނާއިން އައިސްފައިވަނީ 16،927 މީހުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު 23225 މީހުން އައިސްފައިވެ އެވެ. މިއީ 27.1 ޕަސެންޓުގެ ދަށްވުމެކެވެ. ނަމަވެސް ޔޫރަޕުގެ ގިނަ ގައުމުތަކުން އައި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރު ވެފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް