ކ. މާލެ
|
19 ޖޫން 2018 | އަންގާރަ 11:05
އެމެރިކާއިން އެންމެ ފުރަތަމަ އިއުލާނު ކުރީ ޗައިނާއިން އެމެރިކާއަށް އެތެރެކުރާ އެލުމިނިނިއަމާިއ އެކަތައިގެ ބާވަތްތަކުން ޑިއުޓީ ނެގުމަށް
އެމެރިކާއިން އެންމެ ފުރަތަމަ އިއުލާނު ކުރީ ޗައިނާއިން އެމެރިކާއަށް އެތެރެކުރާ އެލުމިނިނިއަމާިއ އެކަތައިގެ ބާވަތްތަކުން ޑިއުޓީ ނެގުމަށް
ސީއެންބީސީ
ޗައިނާ-އެމެރިކާ
ޗައިނާގެ މުދަލުން އަނެއްކާ ވެސް ޓެރިފް އިތުރުކުރައްވަފާނެ ކަމަށް ޓްރަމްޕް އިންޒާރުކުރައްވައިފި
ޗައިނާއިން ވެސް ވަނީ އެމެރިކާގެ މުދަލުން %25 ޑިއުޓީއެއް ނަގާނެ ކަމަށް ބުނެފައި

ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން އަނެއްކާ ވެސް އިތުރު 200 ބިލިއަން ޑޮލަރުގެ ޓެރިފެއް ތައާރަފްކުރަން ޖެހިދާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމް އިންޒާރުކުރައްވައިފިއެވެ.

ޓްރަމްޕް ވިދާޅުވީ %10 ގެ ޓެރިފް ނަގަން ފަށާނީ ޗައިނާ އިން އަމަލުކުރަމުން ދާ ގޮތް ބަދަލު ނުކޮށްފި ނަމަ ކަމަށެވެ.

މި ފިޔަވަޅު ވެގެންދާނީ ޗައިނާ އާއި އެމެރިކާ ވިޔަފާރީގެ ހަނގުރާމައަކަށް ވެއްޓުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅަށެވެ.

ރައީސް ޓްރަމް ވަނީ އެމެރިކާ އާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ހަމަހަމަކަން ނެތި ޗައިނާއަށް ވިޔަފާރީގެ ފައިދާ ބޮޑުކޮށް ވިޔަފާރި ކުރެވެމުންދާތާ އަހަރުތަކެއް ވެއްޖެ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ހަފްތާގައި ޓްރަމްޕް ވަނީ ޗައިނާ އިން އެމެރިކާއަށް އެތެރެކުރާ 50 ބިލިއަނެއްހާ ޑޮލަރުގެ މުދަލުން %25 ގެ ޓެރިފެއް ނަގާނެކަން އިއުލާނު ކުރައްވާފައެވެ.

އެއާ އެކު ޗައިނާ އިން ވެސް ވަނީ އެމެރިކާއިން އެގައުމަށް އެތެރެކުރާ 50 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުގެ 659 ބާވަތެއްގެ މުދަލުން %25 ގެ ޓެރިފެއް ނަގާނެ ކަމަށް ބުނެފައެވެ.

ބަދަލު ހިއްޕަވަމުން ޓްރަމްޕް ވިދާޅުވީ ޗައިނާއިން ދިޔައީ"އެމެރިކާގެ ކުންފުނިތަކާއި، މަސައްކަތްތެރިންނާއި، ދަނޑުވެރިންނަށް، އެމީހުންގެ ކުށަކާއި ނުލައި ބިރުދައްކަމުން" ކަމަށެވެ.

ޗައިނާ އާއި އެމެރިކާގެ ވިޔަފާރީގެ ތަޅާފޮޅުން އިތުރަށް ބޮޑުވެދާނެކަމުގެ ބިރާ އެކު ހޯމަ ދުވަހު ވަނީ ސްޓޮކްމާކެޓްގެ އަގުތައް ވެއްޓިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާގެ އުފެއްދުންތަކުގެ ތެރެއިން އިތުރު ޑިއުޓީ ނަގާނެ އުފެއްދުންތައް ފާހަގަކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށް ވިދާޅު ހޯމަ ދުވަހު ބަޔާނެއް ނެރުއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް