ކ. މާލެ
|
18 ޖޫން 2018 | ހޯމަ 09:31
ކަޝްމީރުގެ އިންޑިއާއާ ވީފަޅީގެ ވެރިރަށް ސްރީނަގަރުގައި މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ކަރުނަގޭސް ބޭނުންކުރަނީ
ކަޝްމީރުގެ އިންޑިއާއާ ވީފަޅީގެ ވެރިރަށް ސްރީނަގަރުގައި މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ކަރުނަގޭސް ބޭނުންކުރަނީ
ރޮއިޓަރސް
ކަޝްމީރުގެ ހަމަނުޖެހުން
އިންޑިއާ އިން ކަޝްމީރުގެ އަސްކަރީ އޮޕަރޭޝަން އަލުން ފަށައިފި
އޮޕަރޭޝަން މެދުކަނޑާލީ ރަމަޟާން މަހަށް
30 ދުވަހުގެ ތެރޭގައި 30 އަށްވުރެ ގިނަ މީހުން މަރުވި

ކަޝްމީރުގެ އިންޑިއާއާ ވީފަޅީގައި ހަނގުރާމަވެރިންނާ ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާ އިން ކުރިޔަށް ގެންދާ އޮޕަރޭޝަން ރަމްޟާން މަހަށް މެދުކަނޑާލުމަށް ފަހު އަނެއްކާ ވެސް އަލުން ފަށަން  ނިންމައިފިއެވެ.

ހިމާލިޔާ ސަރަހައްދު ޕާކިސްތާނާއި އެއްކޮށްލުމަށް މަސައްކަތްކުރާ ވެކިވެ ގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ލީޑަރުންނާއި އިންޑިއާގެ ދަށުގައި އޮތުމަށް ދެކޮޅުހަދާ ގްރޫޕްތަކުން ވަނީ ވަގުތީ ފިޔަވަޅުތަކަކީ ދަޅައެއް ކަމަށް ބުނެ އެކަމާ ދެކޮޅު ހަދާފައެވެ.

އިންޑިއާގެ ހޯމް މިނިސްޓަރ ރަޖްނާތު ސިންހް އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ "ޓެރެރިސްޓުންނާ ދެކޮޅަށް ކުރާ ހަނގުރާމަ އަލުން ފަށާނެ" ކަމަށެވެ.

ސަލާމަތީ ބާރުތަކުން ހަމަލާ ނުދީ މަޑުޖައްސާލައިގެން ތިބި ވަގުތު ވެސް ޓެރެރިސްޓުންގެ ފަރާތުން އާއްމުންނާއި ސަލާމަތީ ބާރުތަކަށް ދިޔައީ ހަމަލާދެމުން ކަމަށާއި އޭގެ ސަބަބުން ބައެއް މީހުން މަރުވެ އަނެއް ބަޔަކު ޒަޚަމްވި ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

ފުލުހުންގެ ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 30 ދުވަހުގެ ތެރޭގައި އެތައް ބަޔަކު މަރާލާފައިވާއިރު އޭގެ ތެރޭގައި އާއްމުންގެ ހަ މީހުންނާއި ސަލާމަތީ ކަންކަމުގައި މަސައްކަތްކުރާ ނުވަ މީހަކާއި، 20 އަށް ވުރެ ގިނަ ހަނގުރާމަވެރިން ހިމެނޭ ކަމަށް ބުނެފައިވެއެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ ޕާކިސްތާނާއި އިންޑިއާގެ ސަރަހައްދީ އިން ވަކިކުރާ ރޮނގުގެ ކައިރީގައި ދެ ގައުމުން ޚިލާފް އުފެދިފައިވާ ސަރަހައްދުގައެވެ.

ހަމަނުޖެހުންތަކުގެ ތެރޭގައި މަޝްހޫރު ނޫސްވެރިޔާ ސުޖާތު ބުޚާރީ ވެސް އެ ސަރަހައްދުގެ ވެރިރަށް ސްރީނަގަރުގައި ވަނީ މަރާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
18 ޖޫން 2018 | ހޯމަ 10:27
ތިވީގޮތުން ދިވެހިސިފައިން
ތިވީގޮތުން ދިވެހިސިފައިން އިންޑިޔާގެ އަސްކަރީ ތަމްރީ އަދި ސަރވޭލަސް ތަމްރީންތަކުގައި ބައިވެރިވާންވާނީ، ހާލަތޭކިޔައިގެން ދަޅނުދައަކާނެ މިފަހަރު