ކ. މާލެ
|
15 ޖޫން 2018 | ހުކުރު 15:10
ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާގެ ވެރިން
ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާގެ ވެރިން
އޭއެފްޕީ
އުތުރު ކޮރެއާ-އެމެރިކާ
ދެކުނު ކޮރެއާގައި ތިބި އެމެރިކާ ސިފައިންނާ އުތުރު ކޮރެއާ އާއި އެމެރިކާ ކުރަމުންދާ މަޝްވަރާތަކާ ގުޅުމެއް ނެތް: ދެކުނު ކޮރެއާ
ދެކުނު ކޮރެއާ އިން ބުނާ ގޮތުން އެއީ އެމެރިކާ-ދެކުނު ކޮރެއާ އިއްތިހާދާ ގުޅުން ހުރި ފަރާތެއް ނޫން

ދެކުނު ކޮރެއާގައި ތިބި އެމެރިކާ ސިފައިންނަކީ އުތުުރުު ކޮރެއާ އާއި އެމެރިކާ ކުރަމުންދާ މަޝްވަރާތަކާ ގުޅުން ހުރި ފަރާތެއް ނޫން ކަމަށާއި އެއީ އެމެރިކާ-ދެކުނު ކޮރެއާ އިއްތިހާދާ ގުޅުން ހުރި ފަރާތެއް ކަމަށް ދެކުނު ކޮރެއާގެ ރައީސްގެ އޮފީހުން ހުކުރު ދުވަހު ބުނެފިއެވެ.

ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ތާރީޚީ ބައްދަލުވުމެއް ބާއްވަވާފައިވާއިރު އެ ބައްދަލުވުމަށް ފަހު ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން، "އުތުރު ކޮރެއާ ރުޅިއެރުވުމަށް ކުޅޭ ހަނގުރާމައިގެ ގޭމްތައް ހުއްޓާލާނެ" ކަމަށެވެ. 

ދެކުނު ކޮރެއާގައި އެމެރިކާގެ 28500 ސިފައިން ސްޓޭޝަން ވެގެން ތިބޭއިރު، އެ ސިފައިން ދެކުނު ކޮރެއާގައި ތިބެނީ 1953-1950 އަށް ކުރެވުނު ކޮރެއާ ހަނގުރާމައިގެ ރަމްޒެއްގެ ގޮތުގައެވެ. ދެކޮރެއާ ހަނގުރާމަ ނިމުމަށް ފަހު ދެކޮރެއާ މެދުގައި އަދިވެސް ހަނގުރާމަ ހުއްޓާލުމުގެ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއެ ކުރެވިފައެއްނެތެވެ. އެހެންކަމުން ޓެކްނިކަލީ ގޮތުން ދެކޮރެއާ ތިބީ އަދިވެސް ހަނގުރާމައިގައެވެ. 

ދެކުނު ކޮރާގެ ރައީސް އޮފީހުގެ އިސް އޮފިޝަލަކު ނަންހާމަނުކުރުމަށް އެދި މީޑިއާތަކަށް ވިދާޅުވީ ދެކުނު ކޮރެއާގައި ތިބޭ އެމެރިކާ ސިފައިންނާ މެދު އެމެރިކާ އާއި އުތުރު ކޮރެއާއާ މެދު އެއްވެސް މަޝްވަރާއެއް ނުދާ ކަމަށާއި ދެކުނު ކޮރެއާ އިން އެމެރިކާގެ ސިފައިން އެގައުމުގައި ތިބޭ ތިބުމާ ގުޅޭ ގޮތުން ދެކުނު ކޮރެއާ އިން ގެންގުޅޭ ޕޮޒިޝަނަކަށް ބަދަލެއް ނާންނަކަށެވެ.

ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސިންގަޕޫރުގައި ތާރީީޚީ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބައްދަލުވުމަށް ފަހު ސިންގަޕޫރުން އެނބުރި އެމެރިކާ އަށް ވަޑައިގެން، ކުރެއްވި ޓްވީޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހަަށް ވުރެ ބޮޑަށް މިހާރު އެމެރިކާ އަށް ރައްކާތެރިކަމާއި އަމާންކަން ވެރިވެއްޖެ ކަަމަށާއި އުތުރު ކޮރެއާ އިން އެމެރިކާ އަށް އެއްވެސް "ނިއުކްލިއާ ބިރެއް ނެތް" ކަމަށެވެ.

އުތުރު ކޮރެއާގެ ފަރާތުން މިހާރު އެމެރިކާ އަށް ނިއުކްލިއާ ހަތިޔާރުގެ ބިރެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވަނީ ވިދާޅުވެފައެވެ. ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސިންގަޕޫރުގައި ތާރީީޚީ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބައްދަލުވުމަށް ފަހު ސިންގަޕޫރުން އެނބުރި އެމެރިކާ އަށް ވަޑައިގެން، ކުރެއްވި ޓްވީޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހަަށް ވުރެ ބޮޑަށް މިހާރު އެމެރިކާ އަށް ރައްކާތެރިކަމާއި އަމާންކަން ވެރިވެއްޖެ ކަަމަށާއި އުތުރު ކޮރެއާ އިން އެމެރިކާ އަށް އެއްވެސް "ނިއުކްލިއާ ބިރެއް ނެތް" ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް