ކ. މާލެ
|
15 ޖޫން 2018 | ހުކުރު 02:47
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
މުހައްމަދު ޝަރުހާން
މީރާގެ ވެބްސައިޓް
ފަސް މިލިއަން ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އޮންލައިންކޮށް ޖީ.އެސް.ޓީ ބަޔާން ހުށަހަޅަން ޖެހޭގޮތަށް ހަމަޖައްސައިފި
ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން ހުށައަޅަން ޖެހޭނީ މިރާކަނެކްޓް މެދުވެރިކޮށް
ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ އިންޕުޓް ޓެކްސް ސްޓޭޓްމަންޓްގެ އިތުރުން އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް ވެސް ހުށަހަޅަންޖެހޭ

އަހަރަކު ފަސް މިލިއަން ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އޮންލައިންކޮށް ޖީ.އެސް.ޓީ ބަޔާން ހުށަހަޅަން ޖެހޭގޮތަށް ހަމަޖައްސައިފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ބުނީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަހަރެއްގެ މައްޗަށް 5 މިލިއަން ރުފިޔާއަށްވުރެ މަތިން އާންމު އާމްދަނީ ލިބޭ ފަރާތްތަކުން މިމަހުން ފެށިގެން ޓެކްސް ނެގޭ މުއްދަތުތަކަށް ހުށަހަޅަންޖެހޭ ޖީ.އެސް.ޓީ ބަޔާންތައް އޮންލައިންކޮށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން މިފަދަ ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން ހުށައަޅަން ޖެހޭނީ "މިރާ ކަނެކްޓް" މެދުވެރިކޮށެވެ.

މީގެ އިތުރުން، އަހަރަކު ލިބޭ ޖުމްލަ އާމްދަނީ 5 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއްނަމަ މިމަހުގެ އެކަކުން ފެށިގެން ޓެކްސް ނެގޭ މުއްދަތުތަކަށް ހުށަހަޅާ ޖީ.އެސް.ޓީ ބަޔާންތަކާއެކު އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް މީރާއިން މައުލޫމާތުދެ އެވެ.

މީރާއިން ބުނީ އެފަރާތްތަކުން ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ އިންޕުޓް ޓެކްސް ސްޓޭޓްމަންޓްގެ އިތުރުން އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް ވެސް މިރާގެ އޮންލައިން ޕޯޓަލް "މީރާ ކަނެކްޓް" މެދުވެރިކޮށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މީގެ ކުރިން އަހަރެއްގެ މައްޗަށް 10 މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން ދަނީ މިގޮތަށް އަމަލުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް