ކ. މާލެ
|
13 ޖޫން 2018 | ބުދަ 21:56
ފީފާގެ ކޮންގްރެސްގައި ޖަވާޒް އަދި ބައްސާމް ބައިވެރިވެވަޑައިގަންނަވަނީ
ފީފާގެ ކޮންގްރެސްގައި ޖަވާޒް އަދި ބައްސާމް ބައިވެރިވެވަޑައިގަންނަވަނީ
އެފްއޭއެމް
ފީފާ ވޯލްޑް ކަޕް 2026
ރާއްޖެއިން ވޯޓު ދިނީ އުތުރު އެމެރިކާގެ ބިޑަށް
މިއީ އެސޯސިއޭޝަންތަކުގެ ވޯޓުން މިފަދަ ކަމެއް ނިންމި ފުރަތަމަ ފަހަރު

ވޯލްޑް ކަޕް 2026 ވަނަ އަހަރުބޭއްވުމަށް ފީފާގެ މެމްބަރު ގައުމުތަކުގެ މެދުގައި ނެގި ވޯޓުގައި ރާއްޖެ އިން އުތުރު އެމެރިކާގެ ބިޑަށް ވޯޓު ދީފިއެވެ.

އެ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް މޮރޮކޯގެ އިތުރުން އުތުރު އެމެރިކާގެ ތިން ގައުމު ކަމަށްވާ އެމެރިކާ އަދި މެކްސިކޯގެ އިތުރުން ކެނެޑާ އެއްކޮށް "ޔުނައިޓެޑް 2026"  ގެ ނަމުގައި ބިޑުކޮށްފައި ވެއެވެ. މި ބިޑު ފީފާގެ މެމްބަރު 200 ގައުމުގެ ތެރެއިން 134 ގައުމުގެ ވޯޓާއެކު ކާމިޔާބުކުރީ "ޔުނައިޓެޑް 2026" ގެ ބިޑެވެ. މި ވޯޓުގައި ރާއްޖޭގެ ފަރާތުން ވޯޓު ދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ.

މި ވޯޓް ނަގާފައި ވަނީ ބުދަ ދުވަހު ރަޝިއާގައި ބޭއްވި ފީފާގެ 68 ވަނަ ކޮންގްރެސްގައެވެ. މި ކޮންގްރެސްގައި ރާއްޖޭގެ ފަރާތުން ބައްސާމްގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިފަހަރުގެ ކޮންގްރެސް ވެގެންދިޔައީ ގައުމުތަކުގެ އެސޯސިއޭޝަންތަކަށް ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައެޅުމަށް ފުރުސަތު ލިބިގެންދިޔަ ފުރަތަމަ ފަހަރަށެވެ. މީގެ ކުރިން ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައަޅާފައި ވަނީ ފީފާގެ އެގްޒެކްޓިވް ކައުންސިލްއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް