މާރުކޭޓުގައި ކުރުނބާގެ އަގު ހެޔޮވެއްޖެއެވެ.
ލޯކަލް މާރުކޭޓުގައި ކުރުނބާ ލިބެން ހުރީ ބޮޑެތި ކުރުނބާ 30ރ. އާއި 40ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. އަދި ކުޑަ ކުރުނބައެއް ލިބެން ހުރީ 20ރ. އާއި 25ރ. އާ ދެމެދުގެ އަގުތަކެއްގައެވެ.
ރަމަޟާން މަސް ފެށުނު އިރު ކުރުނބާ ލިބެން ހުރީ 30ރ. އާއި 50ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. އަގުތައް ހެޔޮވެފައި ވަނީ ކުރުނބާ ލިބޭ މިންބަރު އިތުރުވުމުގެ ސަބަބުން ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.
މާރުކޭޓުގައި އެންމެ ގިނަ އިން ލިބެން ހުރީ ލ. އަތޮޅާއި ކާށިދޫ އިން ގެންނަ ކުރުނބައެވެ.
މާރުކޭޓުގައި ލިބެން ހުރި އެހެން ބާވަތްތަކަށް ބަލާއިރު ދޮންކެޔޮ ލިބެން ހުރީ 10ރ. އަށް ތިން ވަށް އަދި 5ރ. އަށް ވަކެކެވެ.
ކާށި ލިބެން ހުރީ 4ރ. އާއި 5ރ. އާ ދެމެދުގެ އަގެއްގައެވެ. ފަޅޯ ކިލޯއެއް ލިބެން ހުރީ 30ރ. އަށެވެ. ކިއުކަމްބާ ކިލޯއެއް 30ރ. އަށް ލިބެން ހުރި އިރު ބަރަބޯ ކިލޯއެއް ލިބެން ހުރީ 25ރ. އަށެވެ. ފޭރު ކިލޯއެއް 65ރ. އަށް ލިބެން ހުރި އިރު އަނބު ކިލޯއެއް ލިބެން ހުރީ 60ރ. އަށެވެ. މީގެ އިތުރުން ކަރާ ކިލޯއެއް ލިބެން ހުރީ 70ރ. އަށެވެ. ކަރާގެ އަގު އަދިވެސް ދަނީ އުފުލެމުންނެވެ.