ކ. މާލެ
|
13 ޖޫން 2018 | ބުދަ 10:46
އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ
އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ
އަލްޖަޒީރާ
އިރާގުގެ އިންތިޚާބު
އިންތިޚާބު އަލުން ބޭއްވުމަށް ގޮވާލާ ގޮވާލުމަށް އިރާގުގެ ބޮޑުވަޒީރު ދެކޮޅުހައްދަވައިފި
ގުދަނުގައި ރޯކޮށްލީ 11 މިލިއަން ވޯޓް އަލުން ގުނަން އަންގާފައިވަނިކޮށް
ގާނޫނު ހަދާ މަޖިލީހުންވަނީ 11 މިލިއަން ވޯޓް އަލުން ގުނުމަށް ފާސްކޮށްފައި

ސިޔާސީ ނިޒާމް ހަލާކުކުރަން މަސައްކަތްކުރާ ފަތާތްތަކަށް އަދަބުދެއްވާނެ ކަމަށް އިންޒާރު ދެއްވައި، އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު އަލުން ބޭއްވުމަށް ގޮވާލަމުންދާ ގޮވާލުމަށް ބޮޑުވަޒީރު ހައިދަރު އަލް އަބާދީ ދެކޮޅު ހައްދަވައިއފިއެވެ.

"އިންތިޚާބު އެވަނީ ބޭއްވިފައި، އަނބުރާ ފަހަތަށް ދިއުމެއް ނެތް. އާ ސަރުކާރެއް އެކުލަވާލުމަށްޓަކައި އަހަރުމެން ދާންޖެހޭނީ ކުރިޔަށް" އަންގާރަ ދުވަހު އަބާދީ ވިދާޅުވިއެވެ.

އަބާދީ އިޝާރާތް ކުރައްވާފައިއެވަނީ ބަޣްދާދުގައި ވޯޓް ފޮށިތައް ބަހައްޓާފައިހުރި އެންމެ ބޮޑު ގުދަނުގައި އާދީއްތަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއަށްފަހު، ވޯޓް ކެންސަލްކޮށް އަލުން އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުގެ ބައެއް މެމްބަރުން ގޮވާލައްވަމުން ގެންދެވުމުންނެވެ.

އަބާދީ ވަނީ އަލިފާނުގެ ހާދިސާއަކީ ގަސްތުގައި ހިންގާފައިވާ ކަމެއް ކަމަށާއި ސިޔާސީ ނިޒާމް ގަޑުބަޑުކުރާ ފަރާތްތަކާއިދެކޮޅަށް އެޓަރނީ ޖެނަރަލް ދައުވާ ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ބޮޑުވަޒީރުވަނީ އިންތިޚާބު އަލުން ބާއްވަން ޖެހޭކަން ނުވަތަ ނޫންކަން ނިންމާނީ ސުޕްރީމް ފެޑެރަލް ކޯޓުން ކަމަށެވެ.

މެއި މަހުގެ 12 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އެންމެ ގިނަ ގޮޑި ކާމިޔާބުކޮށްފައިވަނީ ޝީއީ ދީނީ ލީޑަރު މުޤްތަދާ އަލަ ސަދްރުގެ ކޯލިޝަނުންނެވެ.

ސަދްރުވަނީ ސިޔާސީ މަސްރަހު ފިނިކުރުމަށްޓަކައި  އާއިންތިޚާބަކަށް ގޮވާލައި ގައުމުގައި ބައިބައިވުން އުފެއްދުމުގެ ބަދަލުގައި އިރާގްގެ ރައްޔިތުން އެއްބައިވުމަށް ހޯމަ ދުވަހު ގޮވާލައްވާފައެވެ.

އިރާގުގެ ކޯޓަކުން ވޯޓްފޮށިތައް ހުރި ގުދަނުގައި ހުޅުޖެހިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް އެ ގައުމުގެ ޖުޑިޝަރީއިން ވަނީ ބުނެފައެވެ.

އޭގެ ތެރެއިން ތިން މީހުންނަކީ ފުލުހުން ކަމަށްވާއިރު ހަތަރުވަނަ މީހަކީ އިންޑިޕެންޑެންޓް ހައި އިލެކްޓޯރަލް ކޮމިޝަނުގެ މުވައްޒަފެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް