ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 23:44
ޕޮއިސްގެ އީދު ޕްރޮމޯޝަން ޕެކް
ޕޮއިސްގެ އީދު ޕްރޮމޯޝަން ޕެކް
ސިމާހާ ނަސީމް
ޕޮއިސް
ޕޮއިސްގެ އީދު ޕްރޮމޯޝަން ފަށައިފި
ޕްރޮމޯޝަންގެ މަޤްސަދަކީ އީދު ހަދިޔާ ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ގަތުމުގެ ފުރުސަތު ފަހިކޮށްދިނުން

ސެންޓް އަދި ބޮޑީ ސްޕްރޭގެ ވިޔަފާރީގައި މަޝްހޫރު ޕޮއިސުން އީދު ޕްރޮމޯޝަން ފަށައިފިއެވެ.

ޕޮއިސްގެ ސޭލްސް އެގްޒެކެޓިވް އަބްދުﷲ ހުޝާމް ވިދާޅުވީ ޕްރޮމޯޝަންގެ މަޤްސަދަކީ އީދު ހަދިޔާ ހެޔޮއަގެއްގައި ކަސްޓަމަރުންނަށް ގަތުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށާއި މި ޕްރޮމޯޝަންގެ ދަށުން އެކި އަގުތަކުގެ ގިފްޓްޕެކްތައް ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ގިފްޓްޕެކްތަކުގައި ހުރި ޕްރޮޑަކްޓްސްތަކަކީ 50 ޕަސަންޓް ހެޔޮ ކުރެވިފައި ޕްރޮޑަކްޓްތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންގާރަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށެވެ.

މި މަހު ޕޮއިސްގެ ފަރާތުން ހޮޓް އައިސް ސްޕޯޓްސް ބޮޑީސްޕްރޭގެ އަންހެން ވައްތަރު ތައާރަފުކޮށްފައިވާއިރު ތަފާތު 8 ވައްތަރު ވަނީ ތައާރަފުކޮށްފައެވެ. އަދި  އާންމުންގެ ބޮޑު ތަރުހީބެއް އެ ބޮޑީސްޕްރޭ އަށް ލިބެމުންދާ ކަމަށް ޕޮއިސުން ބުންޏެވެ.

ޕޮއިސް އިން އިތުރަށް ބުނީ މި ބޮޑީސްޕްރޭތަކުގައި ވަރަށް ތަފާތު ވަސްތަކެއް އެކުލެވިގެންވާނެ ކަމަށާއި މި ބޮޑީ ސްޕްރޭ އަކީ ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މުހިންމު ބޮޑީ ސްޕްރޭއެއް ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އޮފަރތަކާއި ޕްރޮމޯޝަންތައް ތައާރަފު ކުރެވިގެންދާނެ ކަމަށް ޕޮއިސް އިން ބުންޏެވެ.

 

 

  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް