ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 16:49
ޖޫން 12 ވީ އަންގާރަ ދުވަހު، ސިންގަޕޫރު ކަޕެލާ ހޮޓެލްގައި ޓްރަމްޕް
ޖޫން 12 ވީ އަންގާރަ ދުވަހު، ސިންގަޕޫރު ކަޕެލާ ހޮޓެލްގައި ޓްރަމްޕް
ސްޓްރައިޓްސް ޓައިމްސް
ޓްރަމްޕް-ކިމް ސަމިޓް
ޓްރަމްޕް އާއި ކިމް ސިންގަޕޫރުން ފުރާވަޑައިގެންފި
ބައްދަލުވުން ހީވެސްނުކުރާނެހާ ކާމިޔާބު: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ-އުން ތާރީޚީ ބައްދަލުވުމަށް ފަހު ސިންގަޕޫރުން ފުރާވަޑައިގެންފިއެވެ.

ސުލްހަވެރި ދުނިޔެއަކާއި ދިމާލަށް އިންސާނުން އަޅާ ބިޔަ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެވުނު މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިންގަޕޫރުގެ ކަޕެލާ ހޮޓެލްގައެވެ.

ޖޫން 12 ވީ އަންގާރަ ދުވަހު، ސިންގަޕޫރު ގަޑިން ހެނދުނު 9 ޖެހިއިރު ޓްރަމްޕް އާއި ކިމް ވަނީ ކަޕެލާ ހޮޓެލްގައި ބައްދަލުކުރައްވައި، ސަލާން ކުރައްވާފައެވެ. އަދި އެ އަށް ފަހު ދެ ބޭފުޅުން ވަނީ ފޮޓޯއަކަށް ހުއްޓިވަޑައިގެންފައެވެ.

މިއީ އެމެރިކާގެ ރައީސަކު މަގާމުގައި ހުންނަވައިގެން އުތުރު ކޮރެއާގެ ލީޑަރަކާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މި ދެބޭފުޅުން މީޑިއާގެ ކުރިމަތީގައި ބައްދަލުކުރެއްވުމަށް ފަހު، ދެން ވަޑައިގެންނެވީ ދެ ބޭފުޅުންގެ ދެމެދުގައި ކުރެވޭ މަޝްވަރާ ތަކަށެވެ. މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ އެ ދެބޭފުޅުން އެކަންޏެވެ.

ރައީސް ޓްރަމް ވަނީ ބައްދަލުވުން ކާމިޔާބުކަމަށް ވިދާޅުވެ އުފާފާޅުކުރައްވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް