ކ. މާލެ
|
11 ޖޫން 2018 | ހޯމަ 11:00
ޓްރަމްޕާއި ކިމް
ޓްރަމްޕާއި ކިމް
ގޫގުލް
ޓްރަމްޕް-ކިމް ސަމިޓް
ޓްރަމްޕާއި ކިމްގެ ސަމިޓްގެ ޚަރަދަށް 20 މިލިއަން ޑޮލަރު
ސަމިޓަށް ޓްރަމްޕާއި ކިމް ވަނީ ސިންގަޕޫރަށް ވަޑައިގެންފައި
2500 އެއްހާ ނޫސްވެރިން މިހާރު ވަނީ ސިންގަޕޫރަށް ހާޒިރުވެފައި
ސަމިޓް ފަށާނީ ރާއްޖޭ ގަޑިން ހެނދުނު 6:00 ގައި

މުޅި ދުނިޔެ އިންތިޒާރުކުރަމުން އަންނަ އުތުރުކޮރެއާގެ ރައީސް ކިމް ޖޮން އުންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާރީޚީ ސަމިޓަށް 20 މިލިއަން ޑޮލަރު ޚަރަދުވާކަމަށް ސިންގަޕޫރުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ސިންގަޕޫޜުގައި ބާއްވާ ސަމިޓާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެ ގައުމުގެ ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ހްސިއަން ލޫންގް ވިދާޅުވީ އެ ސަމިޓުގެ ސެކިއުރިޓީ ވަރަށް ވަރުގަދަކުރައްވާފައިވާ ކަމަށެވެ. މި ސަމިޓަށް 20 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ދެބައިކުޅަ އެއްބައި ޚަރަދުވާނީ ސަމިޓުގެ ސަލާމަތީ ކަންތައްތަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން އެއްގަމާއި ކަނޑު އަދި ވައިގެ މަގުން ސަލާމަތީ ކަންކަން ބެލެހެއްޓުން ވަރުގަދަ ކޮށްފައިވާކަމަށް ވެސް ލީ ވިދާޅުވިއެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ހްސިއަން ލޫންގް 
 

"މިއީ ވަރަށް މުހިއްމު އޮޕަރޭޝަނެއް. މިކަހަލަ ހައި ޕްރޮފައިލް ބައްދަލުވުމަކަމަށް ވުމުން އެއްވެސް ކަމެއް ގޯހުން ނުދިއުމަށް ވެވުނުހާ ކަމެއް ކުރަންޖެހޭ." ލީ ވިދާޅުވިއެވެ.

މި ސަމިޓަށް ބޮޑު ހަރަދެއް ހިނގާއިރު، ލީ ވިދާޅުވީ އަގަށް ބަލައިގެން ދުނިޔޭގައި ކަންތައްތައް ކުރަންވެއްޖެކަމުގައިވާނަމަ އެކަމުގެ މުހިއްމުކަން އޮންނާނީ ގެއްލިފައިކަމަށެވެ. އަދި މި ސަމިޓަކީ މުހިއްމު ސަމިޓެއްކަމަށް އޭނާ ވިދާޅުވިއެވެ.  

މި ސަމިޓު ކަވަރުކުރުމަށް އެކަނިވެސް 2500އެއްހާ ނޫސްވެރިން މިހާރު ވަނީ ސިންގަޕޫރަށް ޖަމާވެފަ އެވެ.   

އަންގާރަ ދުވަހު ބާއްވާ މި ސަމިޓް ފަށާނީ ސިންގަޕޫރު ގަޑިން ހެނދުނު 9:00 ގައެވެ. އެއީ ރާއްޖެ ގަޑިން ހެނދުނު 6:00 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް