ކ. މާލެ
|
11 ޖޫން 2018 | ހޯމަ 08:39
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ
އިންޑިއަން އެކްސްޕްރެސް
ސްރީ ލަންކާ
ލޯނު ދައްކަމުން ޓެކްސް ކުޑަކުރާނެ ގޮތް ބުނެދިނުމަށް ރާޖަޕަކްސައަށް ރަނިލް ގޮވާލައްވައިފި
ރާޖަޕަކްސަގެ ސަރުކާރުންވަނީ ބިޔަ މަޝްރޫއުތައް ޗައިނާއަށް ދީފައި

ބާރުތައް އަލުން ލިބިވަޑައިގެންފިނަމަ ޓެކްސްތައް 20 އިންސައްތަ ކުޑަކުރައްވާނެކަމަށް ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވިދާޅުވި ވިދާޅުވުމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ ރައްދުދެއްވައިފިއެވެ.

ރާޖްޕަކްސަ އަށް ރައްދު ދެއްވުމުގެ ގޮތުން ބޮޑުވަޒީރު ރަނިލް ހޮނިހިރު ދުވަހު ވިދާޅުވީ ބޭރު ގައުމު ގައުމުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް، ޓެކްސްތައް ކުޑަކޮށްގެން އަނބުރާ ދައްކާނެ ގޮތެއް ވިިދާޅުވެ ދެއްވުމަށެވެ.

ކެލާނީ ކޯރުގެ މަތިން އަޅާފައިވާ ބްރިޖް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު ވިދާޅުވީ ޓެކްސް ކުޑަކުރުމަށްފަހު ބޭރުގެ ދަރަނި އިންޓްރެސްޓާއިއެކު ރާޖަޕަކްސަ ދައްކަވަން އުޅުއްވާ ގޮތެއް އެނގިވަޑައިގަންނަވަން ބޭނުންފުޅުވާކަމަށެވެ.

ޓެކްސް ކުޑަކުރައްވާނެ ކަމަށް ކުރީގެ ރައީސް ރާޖަޕަކްސަ ވިދާޅުވެފައިވަނީ ސިންހަޅަ ނޫހަކަށް ބުރާސްފަތި ދުވަހު ދެއްވާފައިވާ އިންޓަވިއުއެއްގައެެވެ.

މިހާރުގެ ސަރުކާރުން ބޭރުގެ ފަރާތްތަކަށް ހަރުމުދާ ވިއްކާކަމަަށް ރާޖަޕަކްސަ ވިދާޅުވާއިރު، ޕޯޓް ސިޓީ ސަރަހައްދުން 50 އޭކަރުގެ ބިން ޗައިނާއަށް ވިއްކާލާފައިވާކަމާއި އަސްކަރިއްޔާގެ ހެޑްކުއާޓަރ ހުރި ތަން ޗައިނާގެ ހޮޓަލެއް ގާއިމްކުރުމަށް ދީފައިވާކަން ހަނދާންކޮށް ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް