ކ. މާލެ
|
11 ޖޫން 2018 | ހޯމަ 01:44
ލިންކްސާރވް ފިހާރައިގެ ސްމާޓް ގެޖެޓްސް ކޯނަރ ހުޅުވުމުގެ ތެރެއިން
ލިންކްސާރވް ފިހާރައިގެ ސްމާޓް ގެޖެޓްސް ކޯނަރ ހުޅުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ލިންކްސާރވް
ލިންކްސާރވްގެ ފަރާތުން ސްމާޓް ގެޖެޓްސް ތައާރަފުކޮށްފި
ބައެއް ގެޖެޓްސްތަކަކީ އެމެޒަން އިކޯގެ ބައެއް ގެޖެޓްސްތައް
ބޮޑީ ސެންސަސް ނައިގެގެން ތަދު ކަނޑުވާލާ ގެޖެޓާއި ފޯނު ބޭނުންކޮށްގެން ބޭނުންކޮށްލެވޭ "ފިޝް ފައިންޑަރ" ގެޖެޓް ވެސް ހިމެނޭ
ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ S9+ ގެ ފޯނެއް ލިބިގެންދާނެ

ލިންކްސާރވްގެ ފަރާތުން ސްމާޓް ގެޖެޓްސް ތައާރަފުކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ހިރިޔާ ސުކޫލް ކުރިމަތީގައި ހުންނަ ލިންކްސާރވް ފިހާރައިގެ ސްމާޓް ގެޖެޓްސް ކޯނަރ ހުޅުއްވައިދެއްވީ ދިރާގުގެ ސީނިއަރ މެނޭޖަރ ބްރޭންޑްސް މާރކެޓިންގް އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަންއެވެ.

ލިންކް ސާރވްގެ ޑިރެކްޓަރ އޮފް ބިޒްނަސް ޑިވަލޮޕްމަންޓް އެންޑް ޕްރޮޖެކްޓްސް ހުސެއިން ޝާހިދު ވިދާޅުވީ މި ގެޖެޓްސްތައް ތައާރަފު ކުރެވިގެން ދިޔައީ ވަރަށް ބޮޑަށް ސާރވޭ ކުރުމަށްފަހު ކަމަށާއި ތައާރަފުކުރެވިފައިވާ ބައެއް ގެޖެޓްސްތަކަކީ އެމެޒަން އިކޯގެ ބައެއް ގެޖެޓްސްތަކާއި މޮބައިލް ފޯން މެދުވެރިކޮށް ބޭނުންކޮށްލެވޭ ގެޖެޓްސްތައް ކަމަށެވެ. މީގެ އިތުރުން ބޮޑީ ސެންސަސް ނައިގެގެން ތަދު ކަނޑުވާލާ ގެޖެޓާއި ފޯނު ބޭނުންކޮށްގެން ބޭނުންކޮށްލެވޭ "ފިޝް ފައިންޑަރ" ގެޖެޓް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ލިންކްސާރވުން އިތުރަށް ބުނީ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ފިހާރައަށް ޒިޔާރަތްކުރާ ބޭފުޅުންގެ ތެރެއިން ހިޔާލު ސޮލިއުޝަން މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވާ ބޭފުޅުންނަށް އެކަނި ކަމަށެވެ.

ކުރިއަށް އޮތް ތާނގައި އިތުރު ސްމާޓް ގެޖެޓްސް ތައާރަފުކުރެވިގެންދާނެ ކަމަށް ލިންކްސާރވުން ބުންޏެވެ.

މި ކުޑަ ހަފްލާގައި ލިންކްސާރވް އާއި ޖަވާބު ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވަނީ ސޮފްޓްވެއަރ ސޮލިއުޝަންސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ލިންކްސާރވްގެ ފަރާތުން ޑިރެކްޓަރ އޮފް ބިޒްނަސް ޑިވަލޮޕްމަންޓް އެންޑް ޕްރޮޖެކްޓްސް ހުސެއިން ޝާހިދު ސޮއިކުރައްވާފައިވާއިރު ޖަވާބުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރ މުހައްމަދު ޖައިލަމްއެވެ.  

ލިންކް ސާރވުން "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަން ފަށާފައިވާއިރު ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ S9+ ގެ ފޯނެއް ލިބިގެންދާނެ ކަމަށް ވެސް ލިންކްސާރވުން ބުންޏެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް