ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 19:57
M580 އެޗްޑީ ސެޓްޓޮޕް ބޮކްސް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
M580 އެޗްޑީ ސެޓްޓޮޕް ބޮކްސް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
މީޑިއާ ނެޓް
ވާރލްޑް ކަޕްގެ 10 މެޗް އަލްޓްރާ އެޗްޑީކޮށް ބަލާލުމުގެ އިތުރުން ހަތަރު ޗެނަލް 4ކޭ ކޮލިޓީގައި މީޑިއާނެޓް މެދުވެރިކޮށް ބަލާލުމުގެ ފުރުސަތު
M580 ގެ ސެޓްޓޮޕް ބޮކްސް ގަންނަ ފަރާތްތަކަށް 4ކޭ ކޮލިޓީގެ ހުރިހާ ޗެނަލްތަކެއް ވާރލްޑްކަޕް ނިމެންދެން އިތުރު ފީއަކާ ނުލައި ބެލާލެވޭނެ
ގުރުއަތުން ހޮވުނު ތިން ބޭފުޅަކަށް M580 އަލްޓްރާ އެޗްޑީ ސެޓްޓޮޕް ބޮކްސް ހަދިޔާކޮށްފައި

މީޑިއާނެޓުން މިފަހަރުގެ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗުތަކެއް ދެއްކުމަށް ނިންމާފައިވާއިރު އަލްޓްރާ އެޗްޑީ (އެޗްޑީގެ ހަތަރު ގުނަ ނުވަތަ 4ކޭ ކޮލިޓީގައި) ވާރލްޑް ކަޕްގެ 10 މެޗު ބަލާލުމުގެ އިތުރުން ހަތަރު ޗެނަލް 4ކޭ ކޮލިޓީގައި ބަލާލުމުގެ ފުރުސަތު މީޑިއާނެޓުން ހުޅުވާލައިފިއެވެ.

މި ޕްރޮޑަކްޓާއެކު މީޑިއާނެޓުން ވަނީ ފެޝަން 1 4ކޭ އާއި އިންސައިޓް ޔޫއެޗްޑީ އާއި ލަވް ނޭޗަރ 4ކޭ އަދި ސޮނީ ޓެން2 4ކޭ އާއި ނިކަލޯޑިއަން އެޗްޑީގެ އިތުރުން ކާޓޫން ނެޓްވަރކް އެޗްޑީ ވެސް ލޯންޗުކޮށްފައެވެ. M580 އަލްޓްރާ އެޗްޑީ ސެޓް ބޮކްސް އަކީ، އަލްޓްރާ އެޗްޑީ، ޑޮލްބީ ސަރައުންޑިންގ ސައުންޑް 5.1، އެންމެ ފަހުން ބެލި ޗެނަލް، އެއްފަހަރާ ގިނަ ޗެނަލްތަކެއް ރެކޯޑް ކުރެވޭ، 1ޓީބީ ހާޑް ޑިސްކެއް ހިމެނޭ ޕްރޮޑަކްޓެކެވެ.

M580 އެޗްޑީ ސެޓްޓޮޕް ބޮކްސް ލޯންޗުކުރުމަށް ހޮނިހިރު ދުވަހުގެރޭ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި މީޑިއާނެޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ފައިނޭންސް އަހްމަދު ނާޝިދު ވިދާޅުވީ މީޑިއާނެޓުން އަބަދުވެސް މަސައްކަތް ކުރަނީ ފަހުގެ ޓެކްނޮލޮޖީތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކަމަށާއި M580 ގެ ސެޓްޓޮޕް ބޮކްސް ގަންނަ ފަރާތްތަކަށް 4ކޭ ކޮލިޓީގެ ހުރިހާ ޗެނަލްތަކެއް ވާރލްޑްކަޕް ނިމެންދެން އިތުރު ފީއަކާ ނުލައި ބެލާލެވޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި މީޑިއާނެޓުން ވަނީ ގުރުއަތުން ހޮވުނު ތިން ބޭފުޅަކަށް M580 އަލްޓްރާ އެޗްޑީ ސެޓްޓޮޕް ބޮކްސް ހަދިޔާކޮށްފައެވެ.

މީޑިއާނެޓްގެ 25000 އަށްވުރެ ގިނަ ކަސްޓަމަރުން އެޗްޑީ ކޮލިޓީގައި ޓީވީގެ ޚިދުމަތް ބޭނުންކުރާ ކަމަށް މީޑިނެޓުން ވަނީ ބުނެފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް