ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 14:37
ކަނޑު މަސް
ކަނޑު މަސް
މުހައްމަދު ޝަރުހާން
ކަނޑުމަހުގެ އަގު
ކަނޑު މަހުގެ އަގު އަނެއްކާވެސް ހެޔޮވެއްޖެ
ކަނޑު މަސް ކިލޯއެއް އުޅެނީ 35ރ. އާއި 50ރ. އާ ދެމެދުގެ އަގުތަކެއްގައި
މަހުގެ އަގު އުފުލިދާނެ ކަމަށް ބެލެވޭ

މަސް ކިލޯއެއް 80ރ. އިން 50ރ. އަށް ވެއްޓިއްޖެ އެވެ.

މަސް  މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ، މަހު އަގު ހެޔޮވެފައިވަނީ މަސް ބާނާ މިންވަރު އިތުރުވުމުން ކަމަށެވެ. އެހެން ނަމަވެސް ޢީދާ ދިމާކޮށް އަނެއްކާވެސް އަގު އުފުލިގެންދާނެ ކަމަށް މަސް ވިއްކާ ފަރާތްތަކުން ބުނެ އެވެ.

ރަމަޟާން މަހުގެ އެންމެ ފަހު ދުވަސްވަރު ކަމުން މާރުކޭޓުގައި ފަރުމަސް ލިބެން ހުރި މިންވަރު ވަނީ މަދުވެފަ އެވެ. އެހެން ނަމަވެސް މިދުވަސްވަރު ކަނޑުމަސް މާރުކޭޓުގައި ވަނީ ތިޔާގިވެފަ އެވެ.

 ކަނޑު މަހުގެ އަގުތަކަށް ބަލާ އިރު ކިލޯއެއް އުޅެނީ 35ރ. އިން 50ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

 މަސްވިއްކާ ފަރާތްތަކުން ބުނީ އާންމު ގޮތެއްގައި ރަމަޟާން މަހުގެ ފަހު ދުވަސްކޮޅުގައި އަގު އުފުލޭ ކަމަށާއި އެހެން ނަމަވެސް މިއަހަރު މަސް ލިބުނު ވަރު އިތުރުވުމުގެ ސަބަބުން އަގުތައް ހެޔޮވީ ކަމަށެވެ.

ރަމަޟާން މަސް ފެށުނު އިރު ކަނޑު މަސް ކިލޯއެއް ލިބެން ހުރީ 40ރ. އާއި45ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެހެން ނަމަވެސް ރަމަޟާން މަހުގެ މެދުތެރޭގައި އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފަ އެވެ.އެގޮތުން ކަނޑު މަސް ކިލޯއެއް 70ރ. އިން ފެށިގެން 80ރ. އާ ދެމެދުގެ އަގުތަކަށް ވެސް އެރި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
13 ޖޫން 2018 | ބުދަ 13:28
ރަމަލާންމަހުގެ
މާތްވެގެންވާ ރަމަލާންމަހުގެ ނާޖާއިސް ފައިދާނަގާނިމުނީތަ؟