ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 11:56
މީރާ
މީރާ
މުހައްމަދު ޝަރުހާން
މީރާ
މީރާއަށް މިދިޔަ މަހު ލިބުނީ އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް
މިދިޔަ މަހު ލިބުނު އާމްދަނީ އަކީ މިދިޔަ މަހު ލިބޭނެކަމަށް ލަފާކުރި އާމްދަނީއަށް ވުރެ 10.6 ޕަސެންޓުގެ އިތުރު އަދަދެއް

މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެއިދާރާއަށް ލިބުނު އާމްދަނީ އަކީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ 10.6 ޕަސެންޓުގެ އިތުރު އަދަދެކެވެ.

މީރާއަށް މިދިޔަ މަހު ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވެސް މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. އެންމެ ބޮޑަށް ޖީއެސްޓީގެ ގޮތުގައި 58.2 ޕަސެންޓުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ދެން އެންމެ ބޮޑަށް ޖީއެސްޓީއިން ލިބިފައި ވަނީ އެހެނިހެން ގޮތްގޮތުން ލިބިފައިވާ އާމްދަނީއަށެވެ. އެއީ 15.4 ޕަސެންޓުގެ އާމްދަނީއެކެވެ.

މީރާއަށް މިދިޔަ މަހު ލިބުނު އެއް ބިލިއަން ރުފިޔާގެ ތެރެއިން 589 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 38.22 މިލިއަން ޑޮލަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް