ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 18:51
ކަރާ
ކަރާ
މުހައްމަދު ޝަރުހާން
ކަރާގެ އަގު
ކަރާ ކިލޯ އެއްގެ އަގު 45ރ. އަށް، އިތުރަށް އުފުލޭނެ: ތަކެތި ވިއްކާ ފަރާތްތައް
ކަރާގެ އަގު އިތުރަށް އުފުލޭނެ
މާރުކޭޓުގައި އެންމެ ގިނައިން ލިބެން ހުރީ ތޮއްޑޫ އަދި ކަނޑޫދޫ ކަރާ

ކަރާގެ އަގު 45ރ. އަށް އަރައިފި އެވެ.

ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ކަރާ ކިލޯއެއް ލިބެން ހުރީ 45ރ. އަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކަރާގެ އަގު 50ރ. އަށް ވުރެ މައްޗަށް އެރުން އެކަށީގެންވާ ކަމަށެވެ. ކަރާގެ އަގު އުފުލެނީ، ކަރާ ލިބޭ މިންވަރު ދަށް ވުމުގެ ސަބަބުން ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ. މާރުކޭޓުގައި ކަރާ ލިބެން ހުރީ އއ. ތޮއްޑޫ އާއި ތ. ކަނޑޫދޫ އިންނެވެ. މާރުކޭޓުގައި އެންމެ ގިނައިން ލިބެން ހުރީ ކަނޑޫދޫ މިރުހެވެ.

މާރުކޭޓުގައި މިރުސް ލިބެން ހުރީ 100 ގްރާމު 45ރ. އަށެވެ. ޕެޝަން ފުރުޓު ކިލޯއެއް 60ރ. ލިބެން ހުރި އިރު ލޭޑީސް ފިންގަރ ލިބެން ހުރީ 45ރ. އަށެވެ. މީގެ އިތުރުން ފޭރު ކިލޯއެއް 70ރ. އަށް ލިބެން ހުރި އިރު ފަޅޯ ކިލޯއެއް ލިބެން ހުރީ 30ރ. އަށެވެ.

މީގެ އިތުރުން މާރުކޭޓުގައި ކާށި ލިބެން ހުރީ، 5ރ. އިން ފެށިގެން 8ރ. ދެމެދުގެ އަގުތަކެއްގަ އެވެ. މި ރަމަޟާން މަހުގައި ކާށީގެ އަގަށް މާބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް